ހަބަރު

ޓެރަރިސްޓުންނާ ގުޅުން ބޮޑު ދިވެއްސަކު ހައްޔަރުކޮށް ތަހުގީގު ފަށައިފި

Jun 29, 2016
2

ގިނަ ދުވަސްތަކެއް ވަންދެން ޕާކިސްތާނުގައި ދިރިއުޅުމަށް ފަހު އެނބުރި ރާއްޖެ އައި ދިވެއްސަކު ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ. އެނގިފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށް އަތޮޅުވެހީގައި ބަހައްޓައިގެން ތަހުގީގު ކުރާ އިރު އެފްބީއައި އިން ވެސް އަންނަނީ ބައިވެރިވަމުންނެވެ.

މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ޕާކިސްތާނަށް އެއްކޮށް ދިރިއުޅުން ބަދަލުކޮށް އެ ގައުމުގެ މީހަކާ ވެސް އިދެގެން އުޅޭ އެ މީހާ، ރާއްޖެ އައިސްފައި ވަނީ މި މަހުގެ ކުރީކޮޅު އެވެ. އަދި އޭނާ ރާއްޖެ އައީ، ޕާކިސްތާނު ދޫކޮށް ރާއްޖެއަށް އެއްކޮށް ދިރިއުޅުން ބަދަލު ކުރާށެވެ. އެހެން ނަމަވެސް ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ މި މަހުގެ ހަވަނަ ދުވަހު ކަމަށެވެ. އަދި ތިން ފަަހަރެއްގެ މަތިން އޭނާގެ ބަންދު ކްރިިނަލް ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހަައިދީފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން އޭނާގެ މައްސަލަ ތަހުގީގު ކުރަނީ ޕާކިސްތާނުގައި އުޅުނު އިރު، އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ވަރަށް އިސްކޮށް އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އޭނާ ރާއްޖެ އަށް ދިރިއުޅުން ބަދަލު ކުރި ސަބަބެއް ނޭނގެ އެވެ. އޭނާ އަކީ އެމެރިކާ އިން ވެސް ފާރަލަމުން އައި މީހެއް ކަމަށްވެ އެވެ.