ސްޓެލްކޯ

ރޯދަ ކަރަންޓް ބިލްތަކަށް ޑިސްކައުންޓް ދެނީ

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ އެ ކުންފުނީގެ ކޮންޓްރޯލް ރޫމެއް ތެރޭގައި -- ފޮޓޯ: އަވަސް
0%
0%
0%

ރަމަޟާން މަހުގެ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އެކަން ކޮށްދިނުމަށް ސްޓެލްކޯ އިން ނިންމައިފި އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ވިދާޅުވީ ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ނިމިދިޔަ ރަމަޟާން މަހު ބޭނުންކޮށްފައިވާ ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ.

"މިހާރު ފޮނުވާފައިވާ ބިލްތައް މިބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަށް ކަސްޓަމަރުންނަށް ފޮނުވިގެންދާނެ،" ފަހްމީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ހަރުދަނާ، އޯގާތެރި ސިޔާސަތުތަކާއި އެއްގޮތަށް ދިވެހި ރައްޔިތުންގެ ލާބައާއި މަންފާއަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދިނުންމަތީ ސްޓެލްކޯ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްމީ ނޫސްވެރިންގެ ބައްދަލުވުމެއްގައި -- ފޮޓޯ: އަވަސް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުއިއްޒު ނިންމަވާފައިވަނީ ރަމަޟާން މަހުގެ ކަރަންޓު ބިލް އާންމު މަސްތަކަށްވުރެ އިތުރު ނުވާނެ ގޮތަށް ޑިސްކައުންޓު ދިނުމާއެކު ކެޕް ކުރުމަށެވެ.

ސްޓެލްކޯ އިން މިދިޔަ މާޗް މަހުގެ ކަރަންޓް ބިލް ގޭބިސީތަކަށް ފޮނުވއިރު އެ ބަދަލު އޭރު ގެނެސްފައި ހުއްޓެވެ. ނަމަވެސް މާޗް މަހުގެ ތެރޭގައި ރަމަޟާން މަސް އެއްކޮށް ނިމިފައި ނުވާތީ އޭޕްރީލް މަހުގެ ބިލްގައިވެސް ރަމަޟާން މަހުގެ ދުވަސްތަކެއް ހިމެނެ އެވެ.

ރަމަޟާން މަހުގެ ބިލަށް ޑިސްކައުންޓް ދިނުމަށް އަނެއްކާވެސް ނިންމާފައި މިވަނީ އޭޕްރީލް މަހުގެ ކަރަންޓް ބިލް ގޭބިސީތަކަށް ލިބުނުއިރު އެ ބިލްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުކަން އާންމުން ފާހަގަކުރަމުން ދަނިކޮށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910