ހަބަރު

އަދަބު ލުއި ކޮށްދޭން ހަ މަސްފަހުން އެދެވޭގޮތަށް ހަދައިފި

Jul 2, 2016

ޖިނާއީ ކުށް ސާބިތުވެފައިވާ މީހުނަށް އަދަބު ލުއި ކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަށްފަހު އަލުން ހަ މަސް ފަހުން ހުށަހެޅޭ ގޮތަށް ކްލެމެންސީ ބޯޑުގެ ގަވާއިދު އިސްލާހުކޮށްފި އެވެ.

މިގޮތަށް އިސްލާހު ކުރި އިރު މީގެ ކުރިން އެއްފަހަރު އަދަބު ލުއި ކޮށްދިނުމަށް ރައީސަށް ހުށަހެޅުމަށްފަހު ދެން ހުށަހެޅޭނީ ދެ އަހަރު ފަހުންނެވެ.

ނަމަވެސް ގަވާއިދުގެ 11 ވަނަ މާއްދާއަށް ގެނައި އިސްލާހާ ގުޅިގެން ހުށަހަޅާ ތާރީހުން ފެށިގެން ހަމަސް ހަމަވުމުން އެ ތާރީހުގައި ވެސް ކްލެމެންސީ ބޯޑށް ހުށަހެޅޭނެ އެވެ. އަދަބު ލުއިކޮށްދިނުމަށް އެދި ހުށަހެޅުމުން އެކަމަށް ރައީސަށް ލަފާދެނީ ކްލެމެންސީ ބޯޑުންނެވެ.