ހަބަރު

ސިނާއީ އަވަށުގެ މަސައްކަތާއެކު ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

Jul 3, 2016
1

މާލޭ ސިނާއީ އަވަށުގެ މަސައްކަތްތައް ކުރިޔަށްދާތީ މާލޭ ހުޅަނގު ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގު ބަންދުކޮށް އެސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި އެވެ.

ފުލުހުން ބުނީ ސިނާއީ ސަރަހައްދު މަސައްކަތަށް ބައެއް ސަރަޙައްދުތައް ބަންދުކުރުމުން އެއްގަމު ދަތުރުތައް ކުރުމަށް އެންމެ ރައްކާތެރި އަދި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އެންމެ ފަސޭހަ އިންތިޒާމެއް ހަމަޖައްސަން މަސައްކަތްކޮށްފައިވާ ކަމަށާއި ސިނާއީ އަވަށުގެ މަސައްކަތް ނިމި މަގުތައް ބޭނުންކުރަން ފެށެންދެން އެސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކަށް ސަމާލުވާން އިލްތިމާސް ކުރަމެވެ.

ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތައް

ބޮޑުތަކުރުފާނު މަގު، މާފަތްތަކުރުފާނު މަގާއި ގުޅުނު ހިސާބުން ހުޅަނގަށް
ހިލާލީމަގު، އާޒާދީ ހިނގުމާ ގުޅުނު ހިސާބުން ދެކުނަށް
ޢިއްޒުއްދީނު މަގު، އާޒާފީ ހިނގުމާ ގުޅުނު ހިސާބުން ދެކުނަށް
ބޮޑުތަކުރުފާނު މަގު، މޯލްޑިވްސް ސިމެންތި ގުދަން ހުރި ހިސާބުން ދެކުނަށް