ހަބަރު

"ރެދަން" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

Jul 4, 2016

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ "ރެދަން" މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު ޖެންޑާ މިނިސްޓްރީން އިތުރުކޮށްފި އެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މައުރަޒު ބާއްވަނީ އަންނަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ކުރިން ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ ނިޔަލަށް ނަމަވެސް މައުރަޒުގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފަ އެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ކުރާ މަސައްކަތް ދައްކާލާއި އުފައްދާ ތަކެތި ވިއްކުމާއި، ވިއްކާނޭ މަގު ތަނަވަސްކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. ރެދަން އެންމެ ފުރަތަމަ ބާއްވާފައިިވަނީ މިދިޔަ އަހަރު އެވެ.