ހަބަރު

އަސްކަރީ ގުޅުންތައް ބަދަހި ކުރަން އިންޑިއާ އާއި ރާއްޖެ މަޝްވަރާކޮށްފި

Jul 4, 2016
2

އިންޑިއާ އާއި ރާއްޖޭގެ އަސްކަރީ ގުޅުންތައް އިތުރަށް ބަދަހި ކުރުމާބެހޭ ގޮތުން ދެ ގައުމުން މަޝްވަރާ ކޮށްފި އެވެ.

މި މަޝްވަރާތައް ކުރީ ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާ އާއި ރާއްޖޭ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްއާ ބައްދަލު ކުރައްވާ އިއްޔެ ބަންޑާރަ ކޮށީގަ އެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒާ ކެޕްޓަން ޕްރަސާންތު ހާންޑޫ ވެސް ބައިވެރިވަޑައިގެންނެވި އެވެ.