ދިރާގުން މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ކުޑަކުދިންނަށް ހަދިޔާ ބަހައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ޓެލެކޮމް ކުންފުނި، ދިރާގުން އީދު ފާހަގަ ކުރުމުގެ ގޮތުން މާލޭގެ ފަސް ސަރަހައްދަކާއި ދިރާގުގެ ރީޖަނަލް އޮޕަރޭޝަން ސެންޓަރުތައް ގާއިމްކޮށްފައިވާ އަށް އަތޮޅެއްގައި އީދުގެ އުފާ ފާހަގަކުރުމުގެ ގޮތުން ކުޑަކުދިން ޖަމާވާ އެކި ސަރަހައްދުތަކުގައި އީދު ނަމާދުގެ ފަހުގައި ވަނީ ހަދިޔާ ބަހައިފަ އެވެ. އަދި މިއަދު ހަވީރު ވެސް ބައެއް ސަރަހައްދުތަކުގައި މި ހަރަކާތް ކުރިޔަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"... ދިރާގުގެ ފަރާތުން މާލޭގައި ހަދިޔާ ބަހަފާއިވަނީ އީދު ނަމާދަށްފަހު އިސްލާމީ މަރުކަޒުގަޔާއި، ފުރުޤާން މިސްކިތުގައެވެ. އޭގެ އިތުރުން އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމް ހޮސްޕިޓަލުގައި ތިބި ކުޑަކުދިންނަށާއި ހުޅުމާލެ ސެންޓްރަލް ޕާކު ސަރަހައްދުގައި ވެސް މިއަދު ހެނދުނު ވަނީ ހަދިޔާ ބަހާފަ އެވެ،" ދިރާގުން ބުނެފައިވެ އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގަކީ މުޅި ރާއްޖެ ތަމްސީލުކުރާ ކުންފުންޏަކަށްވާއިރު މިއީ ފިތުރު އީދުގެ އުފާ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފާހަގަކުރަމުންދާއިރު މި އުފަލުގައި ދިވެހި ރައްޔިތުންނާއި ބައިވެރިވެ މިކަން ފާހަގަކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތެއްކަމަށެވެ.
"އީދުގެ މުނާސަބަތުގައި ހަދިޔާ ބަދަލުކޮށް އެއްބަޔަކު އަނެއްބަޔަކާއި މި އޮންނަ ގުޅުން ބަދަހި ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އޮންނަ ވަރަށް ރީތި އާދައެކެވެ. އެގޮތުން މި އަހަރުގެ ފިތުރު އީދު ދުވަހާއި ގުޅިގެން މިފަދަ ހަރަކާތެއް ހިންގާ ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް މި އުފަލުގައި ބައިވެރިކޮށް މި އާދަ ދިރުވައި އާލާކުރުމުގެ ގޮތުން މިފަދަ ހަރަކާތެއް ހިންގުމުގެ ފުރުސަތު ލިބިގެން ދިޔުމަކީ ދިރާގުގެ ހުރިހާ މުއައްޒަފުންނަށްވެސް ލިބިގެންދާ ވަރަށް ބޮޑު އުފަލެކެވެ،" އިމްޖާދު ވިދާޅުވި އެވެ."އަދި މި ފުރުސަތުގައި ދިރާގުގެ މެނޭޖްމަންޓާއި އެންމެހާ މުވައްޒަފުންގެ ނަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފިތުރު އީދުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ."