ދުނިޔެ

ރުވާންޑާގައި ނަސްލީ ތަފާތުތައްކޮށް މީހުން މެރި ދެ މޭޔަރަކު އުމުރަށް ޖަލަށް

އިންސާނިއްޔަތާއި ހިލާފަށް ނަސްލީ ތަފާތު ކޮށް ކުށެއް ނެތް އެތައް ބަޔަކު މަރާލުމުގެ ކުށް ސާބިތުވެގެން ރުވަންޑާގެ ކުރީގެ ދެ މޭޔަރަކަށް ފްރާންސް ކޯޓަކުން އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވައިފި އެވެ.

ފްރާންސްގެ ކޯޓަކުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޓީޓޯ ބަރާހިރާ 65، އަދި އޮކްޓަވީން ގެންޒީ 58، ގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އެ ހުކުމް އިއްވީ 1994 ވަނަ އަހަރު ހިންގާފައިވާ ލާއިންސާނީ ޖަރީމާތައް ހިންގައިގެންނެވެ. އެ ދެމީހުންގެ މައްޗަށް ވަނީ ރުވަންޑާގެ ކަބަރޮންޑޯ އަވަށުގެ އަށް ލައްކަ އެއްހާ މީހުން މަރާލިކަން ސާބިތުވެފަ އެވެ. މަރާލާފައިވާ ގިނަ މީހުންނަކީ ޓްޓްސީ ދަރިކޮޅަށް ނިސްބަތްވާ މީހުންނެވެ.

އެ ދަރިކޮޅަށް ހަމަލާދިން ދުވަސްވަރު ރުވަންޑާގެ އޭރުގެ ރައީސް ޖުވެނަލް ހަބްޔަރިމާނާވެސް ވަނީ ދަތުރުކުރަމުންދިޔަ ފްލައިތަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާއެއްގައި މަރަލާފަ އެވެ.

މިކުށަށް ދެ މޭޔަރުންވެސް ވަނީ ދެކޮޅު ހަދާފަ އެވެ. އެމީހުން ވަނީ އެ ޖަރީމާތަކުގައި ބައިވެރިނުވާކަމަށް ބުނެފަ އެވެ. ނަމަވެސް ދައުލަތުން އެކަށީގެންވާ ހެއްކާ ގަރީނާ ހުށަހަޅާފައިވާތީ އެމީހުންގެ މައްޗަށްވަނީ ކުށް ސާބިތުވެފަ އެވެ. މި ދެ މޭޔަރުން ވަކިވަކިން ހައްޔަރު ކޮށްފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ.