ލައިފްސްޓައިލް

މުނާ: ކުރީގެ ސިފަ އެއްކޮށް ބަދަލުކޮށްލި އަންހެނާ

މީގެ ދެ ތިން އަހަރު ކުރިން ފާތިމަތު މުނާ ހުރީ މިހެންނެއް ނޫނެވެ. މި ސިފައެއްގަ ވެސް ނޫނެވެ. ވަރަށް ވެސް ފަލަ އެވެ. ބަރުދަނުގައި 97 ކިލޯ ހުއްޓެވެ. އާންމުންގެ ތެރެއަށް ނުކުމެ ކަސްރަތެއްކޮށްލަން ނުވަތަ ދުވެލަން ދާކަށް ވެސް އޭނާއަކަށް އޭރަކު ނުކެރެ އެވެ. އަދި އެންމެފަހުން، ތިމަންނަ ވެސް ޖިމަށް ދިޔައީމޭ ބުނަން ޖިމަށް ދާން ހިނގައިގަތީމަ ވެސް ގާތް މީހުން ބުނީ އޭނާއަކަށް އެކަމެއް ނުވާނެއޭ އެވެ.

"އެކަމަކު އަޅުގަނޑަކީ އާންމުކޮށް ކުރަން ހިފައިފި ކަމެއް ކާމިޔާބުކުރާ މީހެއް އަބަދުވެސް،" ހުރިހާ ހިޔާލަކާއި ހާލަތަކާ ދެކޮޅަށް ހަށިގަނޑު ހިއްކާލައިގެން ފިޓްނެސް ހަރަކާތްތަކުގެ ތެރޭގައި ދުވާލުގެ ގިނަ ވަގުތު ހޭދަކުރަމުން އަންނަ ފާތިމަތު މުނާ ބުނީ މިހެންނެވެ.

އެއީ ރަނގަޅު ވާހަކައެކެވެ. މިއީ، ޔަގީނަށް ވެސް އަންހެނުންނަށް ހުރި ފަހުރެކެވެ. ދުޅަހެޔޮ ސިއްހަތަކަށް މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ހިތްވަރެކެވެ.