ދުނިޔެ

އުތުރު ކޮރެއާއިން މެދުރާސްތާގެ މިސައިލެއް ޓެސްޓްކޮށްފި

Jul 9, 2016

ސަބްމެރީނުން ފޮނުވާލެވޭ ބެލެސްޓިކް މިސައިލެއް އުތުރު ކޮރެއާއިން ޓެސްޓުކޮށްފި އެވެ. އެ ގައުމުގެ ދިފާއީ ވުޒާރާއިން އެކަން ކަށަވަރު ކޮށްދިނުމަށް ފަހު ބުނެފައިވަނީ ޓެސްޓް ކާމިޔާބު ކަމަށާއި އެހެން ނަމަވެސް ފުރަތަމަ މަރުހަލާގައި ބޭނުންވާ ފެންވަރުގައި މިސައިލް މަސައްކަތް ނުކުރި ކަމަށެވެ.

މިއަދު ހެނދުނު މި މިސައިލްގެ ތަޖުރިބާ ކޮށްފައި ވަނީ ސިންބޫ އަސްކަރީ ބަނދަރުގެ ބޭރު ކަނޑުތެރެއިން ސަބްމެރިން ބޭނުން ކޮށްގެނެވެ. އެ މިސައިލް ވަނީ 10 ކިލޯމީޓަރު މައްޗަށް އެރުމަށް ފަހު ގޮވާފަ އެވެ.

އުތުރު ކޮރެއާ އިން ވަނީ މީގެ ކުރިން ވެސް ސަބްމެރިނުން ފޮނުވާލާ މިސައިލެއް ޓެސްޓުކޮށްފަ އެވެ. މިދިޔަ އޭޕްރިލް މަހު އެވެ.

އުތުރު ކޮރެޔާގެ އަސްކަރީ ހަރަކާތްތައް ބްޒާވްކުރާ އެމެރިކާއިން ވެސް ވަނީ މިއަދު ހެނދުނު އުތުރުކޮރެޔާ ބެލަސްޓިކް މިސައިލެއް ތަޖްރިބާ ކުރިކަން ކަށަވަރުކޮށްދީފަ އެވެ. އެމެރިކާއިން ބުނީ އުތުރު ކޮރެއާއިން ތަޖްރިބާކުރީ ކޭއެން. 11 އިގެ މެދު ރާސްތާ، ބެލަސްޓިކް މިސައިލެއް ކަމަށެވެ.