އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ މިހާރު ވެރިކަމުން ކުރަމުން އަންނަ ދި ލިބެރަލް ނެޝަނަލް ކޯލިޝަނުން ކާމިޔާބުކޮށްފި އެވެ. މި އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.
އިންތިހާބުގެ ނަތީޖާތައް ގުނުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު މިހާތަނަށް އެ ޕާޓީންވަނީ ގާނޫނު ހަދާ މަޖިލީހުގެ ދަށު ގޭގެ މެޖޯރިޓީ ހޯދަން ބޭނުންވާ ވަރަށް 76 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އަދިވެސް އިތުރު ގޮނޑިތައް ކާމިޔާބުވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކާމިޔާބީއާ ގުޅިގެން ގިނަ ބަޔަކު ވަނީ ބޮޑު ވަޒީރު މެލްކަމް ޓާންބުލް އަށް މަރުހަބާ ކިޔާފައެވެ. މިއީ ބޮޑުވަޒީރުގެ ބާރާއި ނުފޫޒު ގަދަވަގެންދާނެ ކަމަކަށްވާއިރު އެމަނިކުފާނު އެޖެންޑާ ކުރިއަށް އޮތްތަނުގައި ފެނިގެންދާނެ ގޮތާމެދު ގިނަ ބަޔަކު ދަނީ ސުވާލު ވެސް އުފައްދަމުންނެވެ.
ގާނޫނު ހަދާ މަޖިލީހުން ވެރިކަން ކުރާ ޕާޓީއަށް މިހާރު ލިބިފައިވަނީ 66 ގޮނޑި އެވެ. އޭގެތެރެއިން ވެސް ފަސް ގޮނޑި ވަރަށް އަވަހަށް ގެއްލޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ބޮޑުވަޒީރު ޓާންބުލް ވަރަށް އަވަހަށް ކެބިނެޓަކާއެކު އާ ސަރުކާރެއް އެކުލަވާލާނެ ކަމަށް ސަރުކާރު އޮފިޝަލުން ވިދާޅުވެ އެވެ.
ޓާންބުލް އަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރުކަން ލިބިފައިވަނީ މިދިޔަ ސެޕޓެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. ޓާންބުލް އަކީ މީގެ ކުރިން އެގައުމުގެ ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.