ތިމާވެށި

އެންވަޔަރަމެންޓުން ބާއްވާ ކުރެހުމުގެ މުބާރާތުގެ މުއްދަތު އިތުރުކޮށްފި

"އެނާޖީ އެފިޝެންސީ ކުރެހުމުގެ މުބާރާތް 2016" ގެ ނަމުގައި ސްކޫލް ކުދިންނަށް އަމާޒުކޮށް އެންވާރަމެންޓް މިނިސްޓްރީން ކުރިއަށް ގެންދަން ނިންމާފައިވާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

އދ. ގެ ތިމާވެއްޓާބެހޭ ޖަމިއްޔާ، ޔުނެޕް އާ ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި މުބާރާތުގެ މުއްދަތު އިތުރުކުރީ ސްކޫލްތަކުން އެކަމަށް އެދެމުންދާތީ އެވެ. މިނިސްޓްރީން ބުނީ މިއީ "ސްޓްރެންތެނިން ލޯ ކާބަން އެނާޖީ އައިލެންޑް ސްޓްރެޓެޖީސް" ގެ ފަރާތުން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

މި މުބާރާތަށް ކުރެހުންތަށް ހުށަހެޅުމުގެ އެއްމެ ފަހު ތާރީހަކީ މިމަހު 19 ވާ އަންގާރަ ދުވަހުގެ 12:00 އެވެ. މުބާރާތް ކުރިއަށް ގެންދަނީ ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެންނެވެ. ކޮންމެ އުމުރުފުރައަކުން އެއްވަނަ އަށް އަންނަ ފަރާތަކަށް 2500.ރ ގެ ގިފްޓް ވައުޗާއެއް ވަނީ ހުށަހަޅާފައެވެ.

ދެވަނަ އަށް އަންނަ ފަރާތަކަށް 1000ރ. އަދި ތިން ވަނައަށް އަންނަ ފަރާތަކަށް 500ރ. ގިފްޓު ވައުޗަރު ވަނީ ހުށަހަޅައިފަ އެވެ. އުމުރުފުރާތަށް

ކުރެހުންތައް ހުށަހެޅޭނެ ކެޓަގަރީތައް

  • ކެޓަގަރީ 1: ހަ އަހަރާއި ނުވަ އަހަރާ ދެމެދު
  • ކެޓަގަރީ 2: 10 އަހަރާއި 11 އަހަރާ ދެމެދު
  • ކެޓަގަރީ 3: 12 އަހަރާއި 17 އަހަރާ ދެމެދު
  • ކެޓަގަރީ 4: 18 އަހަރާއި 25 އަހަރާ ދެމެދު

އެމިނިސްޓްރީން ބުނީ މި މުބާރާތުގެ ކެޓެގަރީތަކުން އެއްވަނައަށް ހޮވޭ ކުރެހުންތައް ބޭނުންކުރާނީ ގާލްގައިޑްސް އަދި ސްކައުޓުން ހޭލުންތެރިކުރުމަށްޓަކައި ތައާރަފުކުރުމަށް ހަމަޖެހިފައިވާ "އެނާޖީ އެފިޝެންސީ ބެޖް" ގެ ޑިޒައިން ފަރުމާ ކުރަން ކަމަށެވެ.