ދުނިޔެ

ދެކުނު ސޫދާނުގައި ދެމުންދާ ހަމަލާތައް ހުއްޓާލަން އދ. އިން އިންޒާރުކޮށްފި

ހަނގުރާމަވެރި ޖަމާއަތަކުން ދެކުނު ސޫދާނުގައި ދެމުންދާ ހަމަލާތައް ހުއްޓާލަން އދ. ގެ ސަލާމަތީ މަޖިލީހުން އަންގައިފި އެވެ. އެ މަޖިލީހުން ވަނީ މިހާރު ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓާލަން އިންޒާރުވެސްދީފަ އެވެ.

ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސޫދާނުގައި ހުންނަ އދ. ސައިޓުތަކަށް ދޭ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި، އެ ސައިޓުތަކަށް ދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށެވެ.

މިިދޔަ ހުކުރު ދުވަހު ދޭން ފަށާފައިވާ އެ ހަމަލާތަކުގައި މިހާތަނަށް 150 އަށްވުރެ ގިނަ މީހުންވަނީ މަރުވެފަ އެވެ. އޭގެތެރޭގައި ގިނައީ ސަރުކާރު އަސްކަރިއްޔާގެ ސިފައިންނެވެ. އަދި ޗައިނާގެ ޕީސް ކީޕަރުން ވެސް ހިމެނެ އެވެ. މިިދޔަ ހުކުރ ދުވަހު ވެރިރަށް ޖޫބާގައި ހަމަލާތައް ދޭން ފެށުމަށްފަހު ހޮނިހިރު ވަނީ ހަމަލާދިނުން މެދުކަނޑާލާފަ އެވެ. ނަމަވެސް އިއްޔެ ވަނީ ހަމަލާތައް އަލުން ފަށާފަ އެވެ.

ހުކުރު ދުވަހު މި ހަމަލާތައް ދޭން ފަށާ، އެ ގައުމުގެ ރިޔާސީ ގަނޑުވަރުގެ ބޭރުގައި ވެސް ވަނީ ހަމަލާތަކެއް ދީފަ އެވެ. އެވަގުތަކީ ދެކުނު ސޫދާންގެ ރައީސް ސަލްވާ ސޫދާންގެ އިދިކޮޅު ހަނގުރާމަވެރިންގެ ކުރީގެ ލީޑަރު މަޗާރާއި ބައްދަލުކުރައްވަމުން ގެންދިޔަ ވަގުތުކަމަށް ރިޕޯޓުތައް ބުނެ އެވެ.

ވިހި އަހަރަށްފަހު ސޫދާނަށް މިނިވަންކަން ލިބިފައިވަނީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.