އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ގުޅުން ގޯސް ވެފައިވާ ދެކުނު ޗައިނާގެ ކަނޑުގެ މައްސަލައިގައި، ހޮލެންޑްގެ ދަހޭގް ހުންނަ ބައިނަލްއަގްވާމީ އާބިޓްރޭޝަން ކޯޓުން މިއަދު ހުކުމް ކުރާނެ އެވެ. ބެލެވޭ ގޮތުގައި ކޯޓްގެ ހުކުމް އައުން އެކަށީގެން ވަނީ ޗައިނާއާ ދެކޮޅަށެވެ.
ޗައިނާ ދައުވާ ކުރާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގައި ޗައިނައިން ފެށިގެން 1200 މޭލްގެ ސަރްހައްދަކީ އެ ގައުމުގެ ބާރު ހިނގާ ސަރަހައްދެވެ. ދެކުނު ޗައިނާ ކަނޑަކީ އަށް ގައުމު ހިއްސާ ކުރާ 1.4 މިލިއަން ސްކެއާ މޭލްގެ ސަރަހައްދެކެވެ.
އެ ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ބޯއްޓް ދަތުރު ފަތުރުގެ ދެ ބައިކުޅަ އެއްބައި، ކޮންމެ ދުވަހަކު ބޭނުން ކުރާ ސަރަހައްދެކެވެ. އަދި ދުނިޔޭގައި ތިން ވަނަ އަށް އެންމެ ގިނައިން ތެޔޮޮ ބޯއްޓްތައް ދަތުރު ކުރާ ސަރަހައްދެވެ. ގުދުރަތީ ގޭހާއި، އެހެނިހެން ދިޔާ މައުދަންތައް ބަރުކޮށްގެން ދަތުރު ކުރާ ބޯއްޓް ފަހަރުގެ ތިން ބައިކުޅަ ދެބައިވެސް އެންމެ ގިނައިން ދަތުރުކުރާ ސަރަހައްދަކީވެސް ދެކުނު ޗައިނާ ކަނޑެވެ. އަދި ދުނިޔޭގެ 10 ވަނަ އަށް އެންމެ ގިނައިން ކަނޑުމަސް ހިފާ ކަނޑަކީވެސް އެ ކަނޑެވެ.
އެ ކަނޑު ހިއްސާ ކުރާ ގިނަ ގައުމުތައް ގަބޫލު ކުރާ ގޮތުގައި ޗައިނާގެ ބޭނުމަކީ މުޅި އެ ސަރަހައްދުގެ މިލުކުވެރިކަން ހޯދުމެވެ.
މައްސަލަ ކޯޓުން ނިންމުން
ދެކުނު ޗައިނާ ކަނޑުގެ ބޮޑު ސަރަހައްދެއްގެ މައްސލައިގައި އެންމެ ބޮޑު އަރާރުމެއް އުފެދެނީ ޗައިނާއާ ފިލިޕީންސާއި ދެމެދުއެވެ. ދެކުނު ޗައިނާ ކަނޑުގެ މިލުކުވެރިކަމާ މެދު ވައިނަ ގެންގުޅެނީ "ނުވަ ރޮނގު ބުރި ލައިން" އެވެ.
ޗައިނާ ދައުވާ ކުރާ "ނުވަ ރޮނގު ބުރި ލައިން" ގެ ދަށުން ވަށައިގެން އޮތް ގައުމުތަކުގެ ހުއްދަ ނެތި ޗައިނައިން، އެކަނޑުގެ ސަރހައްދުގައި އަސްކަރީ ޑްރިލްގެ ހަރަކަތްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ޗައިނާގެ ބޭނުންތަކަށްޓަކައި ކަނޑު ފަރުތައް ހިއްކައި ރަށްރަށް ހަދައިގެން ޗައިނާއަށް ބޭނުން ކުރެވޭނެއެވެ.
ޗައިނާއިން ކުރާ ދައުވާއާ ދެކޮޅަށް، ފިލިޕީންސުން 2013 ވަނަ އަހަރު ހޭގްގެ އާބިޓްރޭޝަން ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ފިޕިންސުން ބުނީ އދ ގެ ކަނޑު ގެ މުއާހަދާގެ 15 ނުކުތާއާ ޗައިނާ ހިލާފުވެފައިވާ ކަމަށެވެ. އދ ގެ ކަނޑު މުއަހަދާ އަކީ ފިޕިލީންސާއި ޗައިނާ ވެސް ބަލައިގެންފައިވާ މުއާހަދާއެކެވެ.
ނަމަވެސް ޗައިނާއިން ވަނީ ދެ ގައުމެއްގެ ދެމެދުގައި ހިނގާ ކަމެއްގެ މެދަށް އަބިޓްރޭޝަމް ކޯޓަށް ނުވަދެވޭނެ ކަމަށް ބނެ ކޯޓްގެ މަރުހަލާއިން އެކަހެރިވެފައެވެ.
"ޗައިނާގެ ޒިންހުއާ ނިއުސް އެޖެންސީން އިއްޔަ ރިޕޯޓް ކޮށްފައިވާ ގޮތުގައި ދެކުނު ޗައިނާ ކަނޑުގެ، ކަނޑު ފަރު ހިއްކައިގެން ޗައިނައިން ހަތަރު ރަށެއް ހަދަފައިވާ ކޖަނަށެވެ. އަދި ފަސް ވަނަ ރަށް ހިއްކުމުގެ މަސައްކަތް މިހާރު ކުރިއައްދާ ކަމަށް ޒިންހުއާއިން ބުނެއެވެ.
ޗައިނާއިން ގަބޫލުކުރަނީ 1940 ވަނަ އަހަރު ކުރަހާފައިވާ މެޕެވެ. އެ މެޕްގައި ވަގޮތުން ދެެކުނު ޗައިނާ ކަނޑުގެ ބޮޑުބައެއް ހިއްސާ ކުރަނީ ޗައިނާއިންނެވެ.
"ޗައިނާގެ އަމާޒަކީ އަބަދުވެސް އެގައުމުން ބަލައިނުގަންނަ ކަމެއް ކަމުގައި ވަނަމަ އެކަމުން ރެކި ގަތުން. އަދި ޗައިނާއިން ބޭނުމެއް ނުވޭ ދުނިޔޭގެ އެހެން ކޮމިޔުނިޓީ ތަކުން އެގައުމު ކުރާ ކަންތައް ދެނެގަންނާކަން އޭރުން އެ ގައުމަށް ބޭނުން އިރަކު އެކަން ބަދަލު ކުރެވޭނެ" އޭޝިއާގެ މެރިތައިމް ޓްރާސްޕޭރެންސީގެ ޑިރެކްޓާ ގްރެގް ޕޯލިން ވިދާޅުވިއެވެ.
ކޯޓްގެ ނިންމުން ޗައިނާއިން ގަބޫލެއް ނުކުރޭ
ޗައިނާގެ ސަރުކާރުން އިނގިރޭސި ބަހުން ނެރޭ ދުވަހު ނޫހުގެ މިއަދުގެ އަދަދުގެ ފްރޮންޓް ޕޭޖްގައި ދެކުނު ޗައިނާ ކަނޑުގެ މައްސލައަށް އިޝާރާތްކޮށް ބުނެފައިވަނީ "އާބިޓްރޭޝަން ގެ މައްސަލަ ބާތިލު" ކަމަށެވެ.
ޗައިނާގެ ބައެއް އިލުމީ ފަރާތްތަކައި ހަވާލަދީ ޒިންހުއާއިނބް މިއަދު ބުނެފައިވަނީ އާބިޓްރޭޝަން ކޯޓްގެ މައްސަލަ ބައިނަލްއަގްވާމީ ގާނުނުތަކުގެ ނާޖައިޒު ބޭނުން ހިފުން ކަމަށެވެ. އަދި އެކޯޓުގެ ހުކުމް ބޭނުން ކުރަނީ ސިޔާސީ މަގުސަފެއް ހާސިލު ކުމަށް ކަމަށްވެސް ޒިންހުއާގައި ބުނެފައިވެއެވެ.
ޗައިނާއިން ބުނީ ދެކުނު ކަނޑަކީ ޗައިނާގެ މަސްވެރިންގެ ދިރުމާ މަރުވުން އެކަމަކަށް ގުޅިފައިވާ ކަނޑެއް ކަމަށެވެ. ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނީ "ކޯޓްގެ ހުކުމް ކޮންމެ ގޮތަަކަށް އަޔަސް ޗައިނާއިން އެންމެ ފިޔަވަޅެއްވެސް ފަހަތައް ނާޅާނެ ކަމަށެވެ.
މިމަހު ކުރީ ކޮޅު ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިދާޅުވެފައިވަނީ "ޗައިނާއިން ގައުމީ ކަރާމާތް ގެއްލޭ އެއްވެސް ކަމަކަށް ޗައިނާއިން ފުރުސަތު ނުދޭނެ. އެކަމެއް ކިތަންމެ ހުރަހެއް އަޔަސް ޗައިނާއިން ދުލެއް ނުދޭނެ" ކަމަށެވެ.