އަބްދުﷲ ޖިހާދު

ޗައިނާ އިން ރާއްޖޭގައި ހިންގާ މަޝްރޫތަކާބެހޭ ގޮތުން ނައިބު ރައީސާ މަޝްވަރާކޮށްފި

Jul 14, 2016

ވިޔަފާރި އާއި ގެދޮރު އިމާރާތް ކުރުމާއި، ރާއްޖޭގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރަން ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ބެހޭގޮތުން ޗައިނާ ސަފީރާއި ރާއްޖޭގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މރ. ވަންގް ފުކާންގް ނައިބު ރައީސް އަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތުގައި ރާއްޖެއާއި ޗައިނާ އާއި ދެއުމުގެ ދެމެދުގައި ގާއިމްވެފައިވާ ހާރިޖީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި ވިޔަފާރިއާއި، ގެދޮރު އިމާރާތްކުރުމާއި، ރާއްޖޭގެ އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކާއި ބެހޭގޮތުން ވެސް މަޝްރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަގާމު ޖިހާދަށް ލިބިވަޑައިގަތުމާއި ގުޅިގެން މަރްޙަބާ ދަންނަަވާ ރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވިއެވެ.