ރާއްޖެ ކުޅިވަރު

އެފްއޭމްގެ މިއަހަރުގެ ބަޖެޓަށް 40 މިލިއަން ރުފިޔާ ފާސްކޮށްފި

އެފްއޭއެމްއަށް މިއަހަރު 40.4 މިލިއަން ރުފިޔާ ބަޖެޓެއް މިއަދު ފާސްކޮށްފިއެވެ.

ޗަމްޕާ ސެންޓަރަލް ހޮޓެލްގައި މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއިން ފާސްކޮށްފައިވާ ޖުމުލަ ބަޖެޓަކީ 40،497،661.55 (ސާޅިސް މިލިއަން ހަތަރު ލައްކަ ނުވަދިހަ ހަތް ހާސް ހަ ސަތޭކަ ފަސްދޮޅަށް އެއް ރުފިޔާ، ފަންސާސް ރުފިޔާ) އެވެ.

ބަޖެޓް ހުށަހަޅުއްވައި ދެއްވުމުން އެފްއޭއެމްގެ ފައިނޭންސް އޮފިސަރު ވިދާޅުވީ 40.4 މިލިއަން ރުފިޔާއަކީ ފީފާއާއި އޭއެފްސީއާއި ޔޫތު މިނިސްޓްރީއިންނާއި އެހެން ގޮތް ގޮތުން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާއަށް ބަލައި ތައްޔާރުކޮށްފައިވާ ބަޖެޓެކެވެ.

ބަޖެޓަށް ފައިސާ ވަންނާނެ ގޮތް

- ފީފާ އިން 7،864،200.00
- އޭފްސީއިން 6،137،160.00
- ޔޫތު މިނިސްޓްރީން 6،447،351.55
- ޓިކެޓް ވިއްކައިގެން 364،200.00
- ކުލީގެ ގޮތުގައި 1،877،950.00
- ސްޕޮންސަރުންގެ އަތުން 8،458،800.00
- އެހެނިހެން 348،000.00
- ޑޮނޭޝަން 9،000،00.00

މިއހަރުގެ ބަޖެޓްގައި ޚަރަދުގެ ގޮތުގައި ހިންގާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 40،284،058.72 (ސާޅީސް މިލިއަން ދެ ލައްކަ އައްޑިހަ ހަތަރު ހާސް ފަންސާސް އަށް ރުފިޔާ، ހަތްދިހަ ދެ ލާރި) އެވެ.

ބަޖެޓްގައި އެންމެ ބޮޑު ހޭދައެއް ހިންގާނެ ކަމަށް އަންދާޒާ ކޮށްފައިވަނީ މުބާރާޓްތަކަށެވެ. އެގޮތުން މުބާރާތްތަކަށް 16.092 ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފައެވެ.