ހަބަރު

ސިފައިންގެ ބޭސްފަރުވާ ގާތްގަނޑަކަށް ހިލޭ ކޮށްލައިފި

Jul 18, 2016
5
  • އާސަންދައިން ނުލިބޭ ފަރުވާތައް ވެސް ހިލޭ
  • ބޭރުން ބޭސްފަރުވާ ކުރެވޭނެ ހާއްސަ އުސޫލުތަކެއް
  • މިއީ ސިފައިންގެ ވެލްފެއާއަށް ބޮޑު ކުރިއެރުމެއް

އާސަންދައިގެ ދަށުން ބޭސްފަރުވާ ނުކުރެވޭ ބަލިތަކަށް، ހިލޭ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ސިފައިންނާއި އެ މީހުންގެ އާއިލާތަކަށް ޑިފެންސް މިނިސްޓްރީ އިން ހަމަޖައްސައިދީފި އެވެ.

ސިފައިންގެ ވެލްފެއާގެ ކަންކަން ރަނގަޅު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ސިފައިންގެ ސިއްހީ ފަރުވާގެ ކަންކަމަށް ލުއިތަކެއް ދިނުމުގެ މަގުސަދުގައި އެޅި މި ފިޔަވަޅުތަކާ ގުޅޭ ގޮތުން ސިފައިންގެ ވެބްސައިޓްގައި ބުނެފައި ވަނީ، އަމިއްލަ ހޮސްޕިޓަލުތަކުންނާއި ކުލިނިކުތަކުން ސިފައިންނަށް ފަރުވާ ހޯދޭނެ އުސޫލުތަކެއް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އަދި ތަފާތު ޓެސްޓްތައް ކުރެވޭނޭގޮތް ހެދުމާއި އެކިއެކި އޮޕަރޭޝަންތައް ރާއްޖެއިން ކުރެވޭނެ ގޮތްތަކާއި، އަދި އާސަންދައިގެ ދަށުން ނުކުރެވޭ ބޭސްފަރުވާތައް ކުރެވޭނެގޮތްތަށް ހަމަޖަސައިދީފައިވާ ކަމަށް ވެސް ސިފައިން ބުންޏެވެ.

މީގެ އިތުރުން، ކުއްލިފަރުވާގެ ހިދުމަތްތައް ރަގަޅުކުރުމާއި، ރާއްޖެއިން ބޭރުން ކޮންމެހެން ކުރަންޖެހޭ ބޭސްފަރުވާގެ ކުރެވޭނެ ގޮތްތަކާއި ނަންބަރު އައިނު ހެއްދުމާއި މެޑިކަލް ޗެކަޕް ހެއްދުމާއި ގާޑްފަދަ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ދަތުގެ ފަރުވާއާއި، އެޑްމިޓް ކުރުމުން ދައްކަން ޖެހޭ ފީތައް ހަމަޖެއްސެވުމާއި ސިފައިންގެ އާއިލާގެ މެންބަރުން ވިހެއުމާއި ހިތާނުކުރުން ފަދަ ކަންތައްތައް ފަސޭހަކަމާއިއެކު ކުރެވޭނެ އިންތިޒާމް ވަނީ ޑިފެންސުން ހަމަޖައްސައިފަ އެވެ.

"ސިފައިންނާއި ސިފައިންގެ ޢާއިލާތަކުގެ ބޭސްފަރުވާއަށް މިގެންނެވި ބަދަލުތަކުގެ ސަބަބުން ދިވެހި ސިފައިންގެ ވެލްފެއަރއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ،" ސިފައިންގެ ވެބްސައިޓްގައިވެ އެވެ.