ވިޔަފާރި

މަޝްހޫރު ދަ ވޯލްޑް ކްރޫޒްލައިނާ އުލިގަމަށް ބަނދަރުކޮށްފި

Feb 18, 2015

ކަނޑުމަތީގެ ގޭގެ، ގޮތުގައި މަޝްހޫރުކަން ހޯދައިވާ މަޝްހޫރު "ދަ ވޯލްޑް" ކްރޫޒްލައިނާ އުލިގަމަށް މިއަދު ބަނދަރުކޮށްފި އެވެ.

ދުނިޔޭގެ އެތައް ގައުމެއްގެ ރައްޔިތުން ޗުއްޓީ ހޭދަކުރަމުން އަންނަ "ދަ ވޯލްޑު" ގައި މިހާރު ވެސް 165 ގައުމެއްގެ ރައްޔިތުން ހިތް އުފާކުރަމުންދެ އެވެ.

މި ކްރޫޒްލައިނާގައި ގޮލްފް ދަނޑަކާއި ޕޫލްޑެކް ސުވިމިން ޕޫލެއްގެ އިތުރުން ބޮޑު ޓެނިސް ކޯޓެއް ވެސް ހުރެ އެވެ. އަދި ޕްރައިވެޓް ގިނަ ކޮޓަރިތައްވެސް ހުރެ އެވެ. މި ކްރޫޒްލައިނާގައި 2000 އަށްވުރެ ގިނަ ޓޫރިސްޓުނަށް ޗުއްޓީ ހޭދަކުރާނެ ޖާގަ އޮވެ އެވެ.