ވިޔަފާރި

ގެސްޓް ހައުސް ކޮންފަރެންސް: ޕާޓްނަރުންގެ ގޮތުގައި ކޮކާކޯލާ، ކޮޕިއާ ޕްލަސް

Jul 21, 2016
1
  • ކޮންފަރެންސް ބާއްވަނީ ސެޕްޓެމްބަރު މަހު
  • މި ކޮންފަރެންސްގައި 150 ގެސްޓް ހައުސް
  • ބޭރުގެ އެޖެންޓުންވެސް ބައިވެރިވޭ

ގެސްޓް ހައުސް ކޮންފަރެންސުގެ ޕާޓްނަރުންގެ ގޮތުގައި ކޮކާކޯލާ އާއި ކޮޕިއާ ޕްލަސް ހިމެނިއްޖެ އެވެ.

ގެސްޓް ހައުސް ކޮންފަރެންސް ބާއްވާ ގެޓް އަވޭސްއިން ބުނީ "ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސް 2016" ގައި ކޮކާކޯލާ ބައިވެރިވެފައިވަނީ ބެވަރޭޖް ޕާޓްނަރުގެ ގޮތުގައި ކަމަށާއި ކޮޕިއާ ޕްލަސް ބައިވެރިވީ އޮފީސް އޮޓޮމޭޝަން ޕާޓްނަރުގެ ގޮތުގައި ކަމަށެވެ.

ގެސްޓް ހައުސް ކޮންފަރެންސް ބާއްވަނީ ސެޕްޓެމްބަރު 24 ވަނަ ދުވަހު އެވެ. ވިލާ ކޮލެޖުގައި މި އިވެންޓް ބާއްވަނީ އެއް ދުވަހުގެ މުއްދަތަށެވެ.

ގެސްޓް ހައުސް ވިޔަފާރިކުރާ ފަރާތްތަކާއި މި ވިޔަފާރީގައި އެކި ގޮތް ގޮތުން ބައިވެރިވާ ފަރާތްތަކަށް ބާއްވާ މި ބައްދަލުވުމުގައި 150 ގެސްޓް ހައުސް ވެރިން ބައިވެރިވާނެ އެވެ. މީގެ އިތުރުން މި ބައްދަލުވުމުގައި ރާއްޖޭން ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންވެސް ބައިވެރިވާނެ އެވެ.

ގެސްޓް ހައުސް ކޮންފަރެންސްގެ ޕާޓްނަރުން:

  • ޓައިޓްލް ޕާޓްނަރު: ބޭންކް އޮފް މޯލްޑިވްސް
  • އިންޝުއަރެންސް ޕާޓްނަރު: އެލައިޑް އިންޝުއަރެންސް
  • މެރިން ޕާޓްނަރު: ހަސަން މެރިން
  • ޓެލެކޮމް ޕާޓްނަރު: ދިރާގު
  • ގެސްޓް ހައުސް ކޮންފަރެންސްގެ ޕާޓްނަރުން
  • ޕްރިންޓިން ޕާޓްނަރު: އެމްސެވަން
  • ޕްރިންޓް ސަޕްލަޔާ ޕާޓްނަރު: ކޮޕިއާ ޕްލަސް
  • ފިއުލް ޕާޓްނަރު: ފިއުލް ސަޕްލައި މޯލްޑިވްސް
  • ޓީވީ ޕާޓްނަރު: ޕީއެސްއެމް
  • ނިއުސް ޕާޓްނަރު: އަވަސް އޮންލައިން
  • ޓްރެވަލް މީޑިޔާ ޕާޓްނަރު: އެމްވީ ހޮޓެލްސް
  • އެސޯސިއޭޓް ޕާޓްނަރު: އެމްއެމްޕީއާރުސީ
  • އެސޯސިއޭޓް ޕާޓްނަރު: މަޓާޓޯ
  • އޮންލައިން އެންޑޯސިން ޕާޓްނަރު: މީރާ

ގެސްޓް ހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި އެންމެ ފުޅާކޮށް ކުރިއަށްދާ ވިޔަފާރި އެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 500 ގެސްޓް ހައުސްއެއް ވަނީ ހުޅުވާފަ އެވެ. މީގެތެރެއިން 300 ތަނެއް ދަނީ އޮޕަރޭޓް ކުރަމުންނެވެ. ގެސްޓް ހައުސް ކޮންފަރެންސުގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ.