ކެބިނެޓް

ހޯމް މިނިސްޓަރު ކަމަށް އަޒްލީން އަހުމަދު

Aug 1, 2016
4

މިނިސްޓާ އޮފް ހޯމް އެފެއާޒް ކަމަށް އަޒްލީން އަހުމަދު ހަމަޖައްސަވައި މިހާތަނަށް ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު ރައީސް އޮފީހުގެ މިނިސްޓަރަކަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު އައްޔަން ކުރައްވައިފި އެވެ.

މީޑިއާ އާ ގާތް ކަމެއް ބާއްވަވާ އަޒްލީން މިހާތަނަށް ހުންނެވީ އެޑިއުކޭޝަން މިނިސްޓްރީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. ހަޔަ އެޑިޔުކޭޝަން ހިންގުމާ ހަވާލުވެ ހުންނެވީ އޭނާ އެވެ. އަޒްލީން އަކީ ގދ. ރަތަފަންދޫއަށް އުފަން ބޭފުޅެެކެވެ.

ޒުހޫރު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އިރު ރައީސް ޔާމީންގެ ކެބިނެޓްގައި އެމަނިކުފާނު އެންމެ ފުރަތަމަ އަދާ ކުރެއްވީ ހެލްތު މިިނިސްޓަރު ކަމުގެ މަގާމެވެ. އޭގެ ފަހުން ޔޫތު މިނިސްޓަރު ކަމުގެ މަގާމުގައި ދުވަސްކޮޅަކު ހުންނެވުމަށްފަހު ހޯމް މިނިސްޓަރު ކަމަށް ބަދަލު ކުރެއްވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

އަޒްލީން އަޙްމަދާއި ޒުހޫރު މަގާމުގެ ހުވާކުރެއްވީ، ސުޕްރީމް ކޯޓްގެ ފަނޑިޔާރު ‏‏ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި މިއަދު މެންދުރު ފަހު އެވެ.