އީވާ އަބްދުﷲ

ސިޔާސީ މުވައްޒަފުންގެ އަދަދު މަޖިލީހުން ފާސްކުރަންޖެހޭ އިސްލާހެއް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ -- ފޮޓޯ: މަޖިލިސް
100%
0%
0%

ސަރުކާރުން އުފައްދާ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބޭނުންވާ ސިޔާސީ މުވައްޒަފުންގެ އަދަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހަޅައިފި އެވެ.

ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިސްލާހުކުރަން ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ.

އީވާ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ސަރުކާރުން ވުޒާރާތައް އުފައްދާ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ވުޒާރާތަކުގެ އަދަދާއި އެ ވުޒާރާތަކުގެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވަންޖެހެ އެވެ.

ސަރުކާރުގެ ވުޒާރާތައް އުފައްދާ ތާރީހުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެ ވުޒާރާތަކުގެ މަސައްކަތްތަކަށް ބޭނުންވާނެ ސިޔާސީ މުވައްޒަފުންގެ އަދަދު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރަންޖެހޭނެ ކަމަށް އިސްލާހުގައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345