އެމްއެންޑީއެފް

އެމްއެންޑީއެފާ އިންޑިއާ އަސްކަރިއްޔާ ގުޅިގެން މެޑިކަލް ކޭމްޕެއް ފަށައިފި

Aug 1, 2016

އެމްއެންޑީއެފާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން މެޑިކަލް ކޭމްޕެއް އއ. އަތޮޅުގައި މިއަދު ފަށައިފި އެވެ. އދ. އަތޮޅުގައިވެސް ކުރިއަށް ގެންދަން ނިންމާފައިވާ މި ކޭމްޕް މިއަދުވަނީ ތޮއްޑޫގައި ކުރިއަށް ގެންގޮސްފަ އެވެ.

މި ކޭމްޕް އއ. އަތޮޅު ތޮއްޑޫ، ރަސްދޫ، މަތިވެރި، އުކުޅަސް، ހިމަންދޫ، ފެރިދޫ، މާޅޮސް އަދި ބޮޑުފޮޅަދޫގައި ކުރިއަށްގެންދާއިރު އދ. މަހިބަދޫ، ހަންޏާމީދޫ، އަދި މާމިގިލީގައި ވެސް ކުރިއަށް ގެންދާނެ އެވެ.

މި ކޭމްޕްގައި ބަލި މީހުން ބަލަމުންދަނީ އިންޑިއާ އަސްކަރިއްޔާގެ ޑޮކްޓަރުންގެ ޓީމަކުންނެވެ. އެ ޓީމުގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރަކާއި އެތެރެ ހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނެ އެެވެ.