ވިޔަފާރި

އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަކަށް ރަންލާރި އެވޯޑް ދީފި

  • އެވޯޑް ހަވާލު ކޮށްދެއްވީ މިނިސްޓަރު ޒުހޫރު
  • ކުރިން އެވޯޑް ލިބުނު ފަރާތްތައް ބަދަލުވެފައިވޭ

މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެންމެ ގިނައިން ޓެކްސް ދެއްކި 17 ފަރާތަކަށް "ރަން ލާރި އެވޯޑު" ދީފި އެވެ. ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ހަ އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ދީފައިވާ "ރަންލާރި އެވޯޑް" އަކީ ބަރާބަރަށް އަދި އެންމެ ގިނައިން ޓެކްސް ދައްކާ ފަރާތްތަކަށް ދޭ އެވޯޑެވެ. ނަމަވެސް މި އެވޯޑު ދިނުމުގައި ޓެކްސް ދެއްކި އަދަދެއް އާއްމެއް ނުކުރާނެ އެވެ. މި އެވޯޑު 11 ގިންތި އަކުން ދީފައިވެ އެވެ.

"ރަންލާރި އެވޯޑު" ލިބުނު ފަރާތްތައް

  • ބީޕީޓީ އެންމެ ގިނައިން ދެއްކި ތިން ފަރާތް: ޔުނިވާސަލް، ޓީއެމްއޭ، ކޯސްޓްލައިން
  • ޓޫރިޒަމް ޖީއެސްޓީ: އެންމެ ގިނައިން ދެއްކި 150 އެނދުގެ ގިންތި: ވެލާ ޕްރައިވެޓް އައިލެންޑް
  • ޓޫރިޒަމް ޖީއެސްޓީ: 150-200 އެނދުގެ ރިސޯޓު ގިންތި: ފޯސިންޒަން މޯލްޑިވްސް
  • ޓޫރިޒަމް ޖީއެސްޓީ: 250 އަށްވުރެ ގިނަ އެނދުހުރި ރިސޯޓުގެ ގިންތި: ވަން އެންޑް އޮންލީ
  • ޓޫރިޒަމް ޖީއެސްޓީ: ޓްރެވަލް އެޖެންސީ ސަން ހޮޓެލްސް
  • ޓޫރިޒަމް ޖީއެސްޓީ: އެތެރޭގެ އުދުހުންދޭ ފަރާތް: ޓީއެމްއޭ
  • ޓޫރިޒަމް ޖީއެސްޓީ: ޓޫރިސްޓުން ހޮޓާ، އެޗްއައިއެޗް
  • ޓޫރިޒަމް ޖީއެސްޓީ: ޓޫރިޒަމް އުޅަނދު، ފޯސީޒަން އެކްސްޕްލޯރާ
  • ޓޫރިޒަމް ޖީއެސްޓީ: ގެސްޓް ހައުސް، ސަލަ ބިޓިކް ރެސިޑެންސް
  • ޖީއެސްޓީ ބޮޑެތި ވިޔަފާރި ގިންތި: އުރީދޫ މޯލްޑިވްސް
  • ޖީއެސްޓީ މެދު ފަންތީގެ ވިޔަފާރި: ފާހޮރައިޒަން
  • ޖީއެސްޓީ ކުދި ވިޔަފާރި: ޓަކް ސާވިސަސް މެރައިން
  • ވިތު ހޯލްޑިންގް ޓެކްސް: ރީތިރަށް ރިސޯޓު
  • ބޭންކް ޕްރޮފިޓް ޓެކްސް: ބީއެމްއެލް
  • ސަރުކާރު ކުންފުނީގެ ގިންތި: އެމްއޭސީއެލް

"ރަންލާރި އެވޯޑު" ލިބުނު ފަރާތްތަކަށް އެވޯޑު ހަވާލު ކޮށްދެއްވީ ރައީސުލް ޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. މި އެވޯޑު މިދިޔަ އަހަރުވެސް ދީފައިވެ އެވެ. ނަމަވެސް މި އަހަރާ ބަލާއިރު މި އަހަރު އެވޯޑު ލިބުނު ފަރާތްތަކަށް ވަނީ ކޮންމެ ވެސް ވަރެއްގެ ބަދަލެއް އައިސްފަ އެވެ.