ވިޔަފާރި

ބީއެޗްއެމްއިން "އައުލްސް ކޮފީ" އިޝްތިހާރު ކުރަން މާދަމާ ހުޅުމާލެއަށް

Aug 4, 2016

ބީއެޗްއެމް އިން "އައުލްސް ކޮޕިތާމް ރޯސްޓް އެންޑް ގްރައުންޑް ކޮފީ" އިޝްތިހާރު ކުރަން މާދަމާ ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިިފި އެވެ.

ރާއްޖެއަށް ޔޭޔޭ ކޮފީ އެތެރެކޮށް ވިއްކަމުން ގެންދާ ބީއެމްއެމް އިން ބާޒާރަށް ނެރެ އިޝްތިހާރު ކުރަން ފަށާ އައުލްސް ކޮފީއަކީ އާސިއާން ގައުމުތަކުގައި އަދި ހާއްސަކޮށް ސިންގަޕޫރުގައި ވަރަށް މަގުބޫލު ކޮފީއެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކްގައި މާދަމާ ހަވީރު އޮންނަ އައުލްސް ކޮފީ ކޮފީ ތައާރަފު ކުރުމަށް ބާއްވާ ހަރަކާތް އިންތިޒާމު ކުރާ "ބްލަކް" އިން ބުނި ގޮތުގައި މި ކޮފީއަކީ އާއްމުކޮށް ވިއްކާ ކޮފީތަކާ އަޅާ ބަލާއިރު ޔުނީކް ސިފަތަކެއް ހުރި ކޮފީއެވެ.

އާއްމުކޮށް ވިއްކާ ކޮފީތަކުގައި ޕެކެޓު ކަނޑާލުމަށްފަހު ތައްޓަށް އަޅައިގެން ބޯގޮތަށް ހުރިނަމަވެސް މި ކޮފީ އުފައްދާފައިވަނީ ޕެކެޓުގައި ރޯސްޓަޑް ކޮފީ ހުންނަ ގޮތަށެވެ. ކޮފީ ޕެކެޓު ތައްޓަށް ލުމަށްފަހު ހޫނު ފެން އަޅައިގެން ބޮއިލަންވީ އެވެ.

ކޮފީ ތައާރަފު ކުރުމަށް ހުޅުމާލޭގައި ބާއްވާ އިވެންޓަށް ހާއްސަކޮގެން ބްލަކްއިން ވަނީ ބައިސްކަލް ހަރުކުރީ ގާޑިޔާއެއް ވެސް ހަދާފަ އެވެ. މި ހަރަކާތުގައި ކޮފީގެ ރަހަ ދެއްކުން ވެސް އޮންނާނެ އެވެ.