ކުޅުދުއްފުށި

ކުޅުދުއްފުށީގައި ލޯކަލް މާރުކޭޓެއް އަޅަން ހަވާލުކޮށްފި

Aug 8, 2016

ހދ. ކުޅުދުއްފުށީ ލޯކަލް މާރުކޭޓެއް އަޅަން އެސް ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ހޯމްމިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރެވެ. އެސް ޖޭ ކޮންސްޓްރަކްޝަނުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝާހިދެވެ.

މިކޮންޓްރެކްޓްގެ ދަށުން އެއް އަހަރުދުވަހުގެ ތެރޭގައި ކުޅުދުއްފުށީ ލޯކަލްމާރުކޭޓްގެ މަސައްކަތް ނިންމާ ހޯމް މިނިސްޓްރީއާ ހަވާލުކުރަންޖެ އެވެ. މި މަސައްކަތް ހިނގަމުންދާގޮތް ބަލާނީ މިނިސްޓްރީއާއި ކުޅުދުއްފުށީ ކައުންސިލް އިދާރާ އިންނެވެ.