ޕްރޮމޯޝަން

ރެއިންބޯ ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިންނަށް އިނާމް ދީފި

Aug 8, 2016

މިދިޔަ ރޯދަމަހު ރެއިންބޯއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައި އެ ފަރާތްތަކަށް އިނާމް ހަވާލުކޮށްފި އެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ހުށަހަޅާފައިވާ ޕީސީއެކްސް ސައިކަލު ލިބިފައިވަނީ އަރީޝް އަބްދުލް މުހްސިނަށެވެ. ދެވަނަ އިނާމަކަށް ހުށަހަޅާފައިވާ 55 އިންޗީގެ ސެމްސަންގް ކާވް ޓީވީ ލިބިފައިވަނީ މުހައްމަދު ނަދީމަށެވެ. ތިން ވަނަ އިނާމަކަށް ހުށަހަޅާފައިވާ ސެމްސަންގް ގެލެކްސީ އެސް ސެވަން އެޖް ފޯނު ލިބިފައިވަނީ އިސްމާއިލް ޒާހިރަށެވެ.

މި ޕްރޮމޯޝަންގައި ބޮޑެތި ޑިސްކައުންޓްތަކެއް ވެސް ދީފައިވެ އެވެ.