ރާއްޖެ ކުޅިވަރު

ބަންގާޅު މެޗު ރޭންކިން އަށް ގުނާނެ: އެފްއޭއެމް

Aug 10, 2016

އަންނަ މަހުގެ އެއް ވަނަ ދުވަހު ބަނގްލަދޭޝްއާއެކު ރާއްޖޭގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗު ފީފާ ރޭންކިން އަށް ގުނާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ތައްޔާތުވުނާ ކުޅޭ މި މެޗާ ބެހޭ ގޮތުން ގައުމީ ފުޓްބޯޅަ އިދާރާއިން ބުނީ މި މެޗު ފީފާގައި ރަޖިސްޓާކުރީ މެޗުގެ ސީރިއަސްކަން ބޮޑުކުރަން ކަމަށެވެ.

"ބަނގްލަދޭޝް ޓީމު މިގެންނަނީ އެފްއޭއެމުން ދައުވަތުދީގެން. އެފްއޭއިން ޓިކެޓް ހަރަދާ ހުރިހާ ކަމެއް ވެސް މި ބަލަހައްޓަނީ. ބޭނުމަކީ ލާއޯސް މެޗަށް ރަނގަޅަށް ތައްޔާރުވުން،" އެފްއޭއެމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އަންނަ މަހުގެ ހައެއްގައި ލާއޯސްއާ ދެކޮޅަށް ކުޅެން ރާއްޖެ ތައްޔާރުވާއިރު މި މެޗަކީ އޭޝިއަން ކަޕް ޕްލޭއޯފްގައި އެދުވަހު ބޫޓާނާ ދެކޮޅަށް ކުޅެން ތައްޔާރުވާން ބަނގްލަދޭޝް ކުޅޭ މެޗެވެ.

ގައުމީ ޓީމުގެ ކޯޗަކަށް އެފްއޭއެމުން މިހާރު ހަމަޖައްސާފައިވަނީ އޮސްޓްރޭލިޔާގެ ޑަރެން ސްޓެވާޓެވެ. މިދިޔަ ހަފުތާގައި އޭނާ ވަނީ މާލެ އައިސްފަ އެވެ.