ރާއްޖެ ކުޅިވަރު

ރިއޯ އޮލިމްޕިކްސް: ސަޖަންގެ 13 ވަނަ ގައުމީ ރެކޯޑް

Aug 11, 2016

ރިއޯ އޮލިމްޕިކްސްގައި 100 މީޓަރު ފްރީ ސްޓައިލްއިން ގައުމީ ރެކޯޑް ފެތުންތެރިޔާ އާމިނަތު ސަޖަން ގާއިމުކޮށް އޭނާގެ 13 ވަނަ ގައުމީ ރެކޯޑް ހަދައިފިއެވެ.

އަންހެނުންގެ ފްރީ ސްޓައިލް ގައުމީ ރެކޯޑް ސަޖަން އާ ކުރީ އެއް މިނެޓް ފަހެއް ޕޮއިންޓް ހަތެއް އެކެއް (01:05.71) ސިކުންތު ން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މި ރެ ކޯޑް މީގެ ކުރިން ސަޖަން ގާއިމު ކޮށްފައިވަނީ 2014 ވަނަ ބޭއްވި ސްކޮޓްލޭންޑްގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގަ އެވެ. އެ ފަހަރުގެ ގައުމީ ރެކޯޑް ގާއިމު ކުރީ 01:06.60 ރޭސް ފުރިހަމަ ކޮށްގެންނެވެ.

ސަޖަން ވަނީ މި އަހަރު ފެބްރުއަރީ މަހު އިންޑިއާގައި ބޭއްވި ދެކުނު އޭޝިއާގެ ގޭމްސްގައި 100 މީޓަރު ފްރީ ސްޓައިލް އިވެންޓުން ރާއްޖެއަށް ލޯ މެޑަލް ހޯދައިދީފަ އެވެ.

ރާއްޖޭގެ އެންމެ ބާރު ފިރިހެން ފެތުންތެރިޔާ ނިޝްވާން އިބްރަހިމް ފިރިހެނުންގެ 50 މީޓަރު ފްރީ ސްޓައިލް އިވެންޓްގައި މިރޭ ވާދަ ކުރާނެ އެވެ.