ވިޔަފާރި

މީރާއަށް ފައިސާ ހޯދުމުގައި އަމަލުކުރާނެ އުސޫލުތަކެއް އާއްމުކޮށްފި

Feb 21, 2015

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފައިސާ ނުދައްކާ ފަރާތްތަކުން ފައިސާ ހޯދުމުގައި އަމަލުކުރާނެ އުސޫލުތަކެއް އާއްމުކޮށްފި އެވެ.

މީރާއިން ބުނި ގޮތުގައި ފައިސާ އިންސްޓޯލްމަންޓަށް ބަހައިލައިގެން ދެއްކުމަށް މީރާއާއެކު އެއްބަސްވުމަކަށް އައިސްފައި ނުވާނަމަ، އެ ފައިސާ ހޯދުމުގެ ގޮތުން އަންނަނިވި ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

 *ފައިސާ ނުދައްކައި ހުރި ފަރާތުގެ ބޭންކު އެކައުންޓުގައިވާ ފައިސާ މި އުސޫލުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެ މަތިން ހިފަހައްޓައި، ބޭންކު އެކައުންޓުން ފައިސާ ނެގުން

*ފައިސާ ނުދައްކައި ހުރި ފަރާތުގެ ބޭންކު އެކައުންޓުގައިވާ ފައިސާ މި އުސޫލުގެ ހަތަރުވަނަ ބާބުގައިވާ ގޮތުގެ މަތިން ހިފަހައްޓައި، ބޭންކު އެކައުންޓުން ފައިސާ ނެގުން

*މި އުސޫލުގެ ހަވަނަ ބާބުގައިވާ ގޮތުގެ މަތިން ތިންވަނަ ފަރާތަކުން މީރާއަށް ފައިސާ ދެއްކުމަށް އެންގުން

*މި އުސޫލުގެ ހަތްވަނަ ބާބުގައިވާ ގޮތުގެ މަތިން އެ ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުލުން

*ސިވިލް ކޯޓުގައި ދައުވާ އުފުލޭ މައްސަލައިގައި ދައުވާކުރާ ފައިސާ ދެއްކުމަށް ކޯޓުން ޙުކުމްކޮށްފިނަމަ، އަދި އެ ޙުކުމާ އެއްގޮތަށް އެ ފަރާތަކުން ފައިސާ ނުދައްކާނަމަ، ގާނޫނުގެ 46 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ފަރާތުގެ މުދަލުގެ މައްޗަށް ޖޫރިމަނާ ކަ ނޑައަޅައި އެ ޖޫރިމަނާގެ އަމުރު ތަންފީޒުކުރުން

މީރާއިން ބުނީ ނުލިބި ހުރި ފައިސާ ހޯދުމުގައި މީރާއިން އާންމު އުސޫލެއްގެ ގޮތުން އަމަލުކުރާނީ މި މާއްދާގެ (ނ) ގައިވާ ތަރުތީބުން ކަމުގައިވީ ނަމަވެސް، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އެ އަކުރުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް އެ ނޫން ތަރުތީބަކުން ނުވަތަ އެ ފިޔަވަޅުތައް އެކުއެކީ އެޅުމުގެ އިހްތިޔާރު މީރާއަށް ލިބިގެންވާ ކަމަށެވެ.