މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

‏ކަރެކްޝަންގެ އިންޓަގްރޭޓެޑް ނެޓްވޯކް ގާއިމު ކުރަން ދިރާގަށް

Aug 11, 2016

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ގައި އިންޓަގެރޭޓަޑް ޑިޖިޓަލް ނެޓްވޯކެއް ގާއިމުކުރަން ދިރާގާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިއަދު ކަރެކްޝަންސްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ކަރެކްޝަންސްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު ޝިހާން އެވެ. ދިރާގުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ދިރާގުގެ ޑިރެކްޓާ ކަސްޓަމާ ސާވިސް އެންޑް ސޭލްސް އަލީ ރިޔާޒެވެ.

މިއީ ކަރެކްޝަނުން ދޭ ހިދުމަތުގެ ފެންވަރު މިހާރަށްވުރެ ރަނގަޅުކުރުމުގެ ގޮތުން އަޅާ ނެޓްވޯކެކެވެ.

މި ނެޓްވޯކުގެ ސަބަބުން ޖަލުތަކާއި ހެޑް އޮފީސް، އެއް ނެޓްވާކުން ގުޅި، މަސައްކަތްތައް ކުރުމުގައި އަވަސްވެ އަދި މަސައްކަތް ކުރަން ލުއި ފަސޭހަވެގެންދާނެ އެވެ. އަދި މިއީ މިހާރު ބޭނުންކުރާ ނެޓުވޯކަށްވުރެ ހަރަދުކުޑަ އަދި އަވަސް ނެޓްވޯކެކެވެ.