ރާއްޖެ ކުޅިވަރު

ވާދަ ކުރި ހީޓްގެ ތިން ވަނަ ނިޝްވާނަށް، އަނެއް ބުރަށް ކޮލިފައި ނުވޭ

ބްރެޒިލްގެ ރިއޯ ޑި ޖެނިރީއޯގައ ކުރިއަށްދާ އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ 50 މީޓަރު ގައި ވާދަ ކުރި ހީޓުން ރައްޖޭގެ އެންމެ ބާރު ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ތިން ވަނަ ހޯދައިފިއެވެ.

ތިން ވަނަ ހޯދި ނަމަވެސް ނިޝްވާން ސެމީފައިނަލަކަށް ނުހޮވެއެވެ. ސެމީ ފައިނަލަށް ހޮވެނީ ހުރިހާ ހީޓަކުންވެސް އެންމެ ގަދަ 16 ފެތުންތެރިންނެވެ. މި ކެޓަގަރީގައި 11 ހީޓް ކުރިއަށް ގެންދިޔައެވެ.

މިރޭ ބޭއްވި ހީޓް ނިޝްވާން ފުރިހަމަ ކުރީ 26.72 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެއް ވަނަ އަށް ދިޔަ މައިކްނީޝާގެ ފެތުންތެރިތެރިޔާ ޑައިނީސީއޯ އޮގަސްޓަނީ ރޭސް ނިންމީ 26.17 ސިކުންތުންނެވެ.

ދެ ވަނަ އަށް ދިޔަ ލާއޯސްގެ ސެންޓިސްކް އިންތަވޯންގް ރޭސް ނިންމީ 26.54 ސިކުންތުންނެވެ.

އަށްޑިހަ ފަސް ބައިވެރިން ވާދަ ކުރި ހީޓް އިވެންޓްގައި ނިޝްވާން ގެ ރޭންކަކީ 71 ވަނައެވެ.