ރާއްޖެ ކުޅިވަރު

ބީޖީ ބަލިކޮށް ލަނޑުގެ ތަފާތުން ޓީސީ ދެ ވަނަ އަށް

Aug 12, 2016

ބީޖީ ސްޕޯޓްސް ކުލަބުގެ މައްޗަށް 3-1 ގެނަތީޖާ އަކުންކުން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް އިން ދިވެހި ޕްރިމިއާ ލިގްގެ ތާވަލުގެ ދެ ވަނަ އަށް ޖެހިލައިފިއެވެ.

މި މެޗުން މޮޅުވެ ހޯދި ތިން ޕޮއިންޓާއެކު ޓީސީ ދެ ވަނައިގައި އޮތީ 23 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ދެ ވަނައިގައި އޮތް އީގަލްސްއަށް ވެސް ލިބިފައިވަނީ 23 ޕޮއިންޓެވެ. ނަމަވެސް ޓީސީ އަށް ދެ ވަނަ ލިބެނި ގޯލްގެ ތަފާތުން ކުރި ލިބުމުންނެވެ.

ޓީސީގެ ފުރަތަމަ ލަނޑު 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ފާސިރު (ސެންޓޭ) އެވެ.

ޓީސީގެ ދެ ވަނަ ލަނޑަކީ 76 ވަނަ މިނެޓްގައި ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ބީޖީގެ ޑެނިއަލް ފިލޮމެން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ޓީސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރީ ބިދޭސި ކުޅުންތެރިޔާ ކުޑޫސް ކެލާނީއެވެ.

ބީޖީގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކުރީ ޑެވިޑް އިސްޖީއެވެ.

މިރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވިކްޓްރީ އާއި ޔުނައިޓަޑް ވިކްޓްރީއެވެ.