ވިކްޓްރީއާ ދެކޮޅާށް ކުޅުނު މެޗްވެސް އެއް ވަރުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގް ތާވަލުގެ ހަތުރު ވަނައަށް ލިބުނު ފުރުސަތު ޔުނައިޓަޑް ވިކްޓްރީން އަނެއްކާވެސް ގެއްލުވާލައިފި އެވެ.
ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗް އެއްވަރުވީ 1-1 ގެ ނަތީޖާ އަކުންނެވެ. އެންމެ ފަހުން ބީޖީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެގެންވެސް ހަތަރު ވަނަ އަށް އަރަން ފުރުސަތު ލިބިފައި އޮތްވައި އެ މެޗުވެސް އެއްވަރުވުމުން ޔޫވީއަށް ވަނީ އެ ފުރުސަތު ގެއްލިފައެވެ.
ޔޫވީ ފަސް ވަނައިގައި އޮތީ މިރޭ ގެ މެޗުން ލިބުނު އެއް ޕޮއިންޓާއެކު 15 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރު ވަނައިގައި އޮތް ވެލެންސިއާއަށްވެސް ލިބިފައިވަނީ 15 ޕޮއިންޓެވެ. ނަމަވެސް ވެލެންސިއާއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.
މިރޭ ގެ މެޗްގައި ފުރަތަމަ ލަނޑު ޖެހީވެސް ޔުވީއިންނެވެ. ފުރަތަމަ ހާފުގައި އެޓީމަށް ލީޑް ނަގައިދިނީ ޝުއައިބުއެވެ.
ވިކްޓރީން އެއް ވަރު ކުރީ ދެ ވަނަ ހާފުގައި ރިލްވާން ވަހީދު (ރިލޭ) ކާމިޔާބު ކުރި ލަނޑުންނެވެ.
ފުރަތަމަ ބުރުގައި ވިކްޓްރީ ވަނީ 5-2 ން ޔޫވީ އަތުން ބަލިވެފައެވެ. ނަމަވެސް މިމެޗްގައި ވިކްޓްރީ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. އެގޮތުން ބިދޭސީ ފޯވަޑް އޮމަޑޫ ގޮޑްފްރޭ ވެސްޓަށް ވަނީ ލަނޑު ޖަހާނެ ބައެއް ފުރުސަތުތައް ލިބިގެން ގޮސްފައެވެ.