ރާއްޖެ ކުޅިވަރު

މާޒިޔާއަށް އެއް ވަނަ ލިބޭނީ މިރޭ މޮޅު ވުމުން

Aug 13, 2016

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔަބު ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ އެއް ވަނަ އަށް އީގަލްސް މިއަދު ޖެހިލައިފިއެވެ.

އީގަލްސް އެއް ވަނައިގައި އޮތީ 26 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތީ 24 ޕޮއިންޓާއެކު މާޒިޔާއެވެ. މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން ނޫނީ އަލުން މާޒިޔާއަށް އެއް ވަނައަކަށް ނޭރޭނެއެވެ.

މިއަދު ހަވީރު ކުޅުނު މެޗްގައި އީގަލްސްގެ ދެ ލަނޑު ވެސް ކާމިޔާބު ކުރީ ބިދޭސީ ކުޅުންތެރިޔާ މުހައްމަދު މުސްތޮފާ ސެޑިކްއެވެ.

ފުރަތަމަ ލަނޑު ކާމިޔަބު ކުރީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓްގައެވެ. ދެ ވަނަ ލަނޑު ދެ ވަނާ ހަފު ފެށިގެން ތިން ވަނަ މިނެޓްގައެވެ.

މާޒިޔާއާ ވެލެންސިއާ ބައްދަލު ކުރާ މެޗް ފެށޭނީ މިރޭ 9:00 ގައެވެ.