ރާއްޖެ ކުޅިވަރު

ސެމީއަށް ނުދެވުނު ނަމަވެސް، ސާއިދު އުއްމީދު އާކޮށްދީފި

Aug 13, 2016
3

ރިއޯ އޮލިމްޕިކްސްގެ ފިރިހެނުންގެ 100 މީޓަރު ފުރަތަމަ ބުރުގައި ދުނިޔޭގެ އެންމެ ވަރުގަދަ ދުވުންތެރިންނާ ވާދަކޮށް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ބަލިވެއްޖެ އެވެ.

ފަސް ވަނަ ހީޓްގައި ދުވި ސާއިދު ވާދަ ކުރީ 69 ބައިވެރިން ވާދަ ކުރި ފުރަތަމަ ބުރުގައި ރޭންކްގެ ދެ ވަނަ ހޯދި އައިވަރީކޯސްޓްގެ މިޓޭ ބެން ޔޫސްފޭއާ އެމެރިކާގެ ބްރޯމެލް އާ ދެކޮޅަށެވެ.

އަށް ވަނައިގައި ސާއިދު ރޭސް ނިންމީ 10.47 ސިކުންތުންނެވެ. ފަސްދޮޅަސް ނުވަ ބައިވެރިން ވާދަ ކުރި ފުރތަމަ ބުރުގައި ސާއިދުގެ ރޭންކަކީ 58 ވަނަ އެވެ.

ދުނިޔޭގެ އެއް ވަނަ ދުވުންތެރިޔާ އުސެން ބޯލްޓް ވެސް އޭނާ ވަދަ ކުރި ރޭހުން އެއް ވަނަ ލިބުނު ނަމަވެސް އޭނާ އަށް ލިބުނީ ރޭންކްގެ ހަތަރު ވަނަ އެވެ. ސެމީ ފައިނަލަށް 24 ބައިވެރިން ވަނީ ދަތުރުކޮށްފަ އެވެ.