އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދިއިރު، ލ. އަތޮޅުގެ ޗެމްޕިއަންކަން ގަން ހޯދައިފިއެވެ.
ތ. އަތޮޅުގެ ޗެމްޕިއަންކަން ތިމަރަފުށި ހޯދީ ގުރައިދޫއާ ބައްދަލުކޮށް ފައިނަލް ގައި 6-3 އެގްރިގޭޓުން މޮޅުވެގެންނެވެ. އިއްޔެ މެޗް 2-1 ގެ ނަތީޖާ އަކުން ގުރައިދޫ ކާމިޔާބު ކުރި ނަމަވެސް، މިދިޔަ ހަފުތަގައި ކުޅުނު ފައިނަލް މެޗްގެ ފުރަތަމަ ލެގް މެޗް 5-1 ން ކަމިޔަބު ކުރީ ތިމަރަފުއްޓެވެ.
ގުރައިދޫގައި ކުޅުނު ފައިނަލް މެޗްގައި އެޓީމުގެ ދެ ލަނޑުވެސް ކަމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗް ފެށިގެން ހަތް ވަނަ މިނެޓް ގައި ކާމިޔަބު ކުރީ ހުސައިން އިޝާންއެވެ. ދެ ވަނަ ލަނޑު 26 ވަނަ މިނެޓްގައި ކަމިޔަބު ކުރީ ހަސަން މުނާޒްއެވެ. ތިމަރަފުށީގެ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އާދަމް ނާސިހެވެ.
ލ. އަތޮޅުގެ ޗެމްޕިއަން ކަން ގަން ހޯދީ މާއެނބޫދޫ ޓީމު 1-0 ން ބަލި ކުރުމަށްފަހުއެވެ. ލ. ގަމުގައި ކުޅުނު ފައިނަލް މެޗްގައި އެޓީމުގެ ހަމައެކަނި ލަނޑު ކާމިޔަބު ކުރީ ހުސައިން ފައިސަލެވެ.
ދެ އަތޮޅުގެ ޗެމްޕިއަންކަން ހޯދުމުން ތިމަރަފުއްޓާއި ގަން ވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ.