ވިޔަފާރި

ރާއްޖޭގެ ގެސްޓްހައުސްތަކެއް ސައުތު އޭޝިއަން ޓްރެވަލް އެވޯޑަށް ނޮމިނޭޓްވެއްޖެ

  • އެވޯޑަށް ރާއްޖޭގެ ގިނަ ރިސޯޓުތަކެއް ނޮމިނޭޓްވި
  • އެންމެ ހިތްގައިމު މަންޒިލްގެ މަގާމަށް ރާއްޖެ ވާދަކުރޭ
  • މިއީ ސަރަހައްދީ ފެންވަރުގައި ދޭ އެވޯޑެއް

ދެކުނު ދެކުނު އޭޝިޔާގެ އެކި ގައުމުތަކަށް ހުޅުވާލައިގެން ބާއްވާ ސައުތު އޭޝިއަން ޓްރެވަލް އެވޯޑު (ސަޓާ) އަށް ރާއްޖޭގެ ގިނަ ގެސްޓް ހައުސް ތަކެއް ނޮމިނޭޓް ވެއްޖެ އެވެ.

އޭޝިޔާ ސަރަހައްދުގެ ރިސޯޓުތަކާއި ގެސްޓް ހައުސް އަދި ސަފާރީތަކާއި ޓްރެވަލް ކުންފުނިތަކަށް ކުރިމަތިލެވޭ ގޮތަށް އިންތިޒާމުކޮށްފައިވާ "ސަޓާ" އެވޯޑަށް ނޮމިނޭޓް ކުރުމުގެ ފުރުސަތު ހުޅުވައިލީ މީގެ ދެ މަސް ކުރިންނެވެ. އެވޯޑަށް ނޮމިނޭޝަން ބަލައިގަތުމުގެ މުއްދަތު މިދިޔަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު ރާއްޖޭގެ ގިނަ ރިސޯޓުތަކާއި ގެސްޓް ހައުސް ތަކެއް ވަނީ ނޮމިނޭޓްވެފަ އެވެ. މި އެވޯޑަށް ނޮމިނޭޓް ކުރި ފަރާތްތައް އިއުލާނުކޮށް ދެއްވީ ސަޓާގެ ވައިސް ޕްރެޒިޑެންޓް ތުއާން ވާފިރު ވަފޫރު އެވެ.

ސަޓާ އެވޯޑަށް ނޮމިނޭޓް ކޮށްފައިވާ ރާއްޖޭގެ މަޝްހޫރު ގެސްޓް ހައުސްތަކުގެ ތެރޭގައި:

  • ސަމަ ގެސްޓް ހައުސް އެންޑް ޑައިވް މޯލްޑިވްސް
  • ސާފް ވިއު ރާޅުގަނޑު މޯލްޑިވްސް
  • ކެންޕަސް ރިޓްރީން މޯލްޑިވްސް
  • ޔޮންޑާ ރިޓްރީޓް މޯލްޑިވްސް
  • ވެލާނާ ބީޗް މޯލްޑިވްސް
  • ކާނިވިލެޖް އެންޑް ސްޕާ މޯލްޑިވްސް
  • ކާނި ބީޗް ހޮޓެލް މޯލްޑިވްސް

މި އެވޯޑު ބާއްވަނީ ސްރީލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ، ކޮލަމްބޯ ޗެމްބާ އޮފް ކޮމާސްއާ ގުޅިގެންނެވެ. މީގެ އިތުރުން މި އެވޯޑުގައި ޕާޓްނަރުންގެ ގޮތުގައި ރާއްޖޭން ބައިވެރިވަނީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އާއި ސަފާރީ އޮޕަރޭޓަރުންގެ، ލިވަ ބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އެވެ. އަދި އިންޑިޔާ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ (ސަޓޯ) އެވެ. އަދި ސްރީލަންކާ ވިޔަފާރިވެރިންގެ ޖަމިއްޔާ އާއި އިންޑިޔާ ޓުއާ އޮޕަރޭޓަރުންގެ ޖަމިއްޔާގެ އިތުރުން އިންޑިޔާ ޓޫރިޒަމް ޓްރޭޑް އޮގަނައިޒޭޝަން އެވެ.

ސަޓާ އެވޯޑަށް ރާއްޖޭގެ ގިނަ ރިސޯޓު ތަކެއް ވެސް ނޮމިނޭޓް ވެފައިވެ އެވެ. އެންމެ ރޮމޭންޓިކް ރިސޯޓުގެ ކެޓަގަރީއަށް އެންމެ ގިނައިން ނޮމިނޭޓް ކޮށްފައިވަނީ ރާއްޖޭގެ ރިސޯޓުތަކެވެ. މި އެވޯޑަށް 200 އަށްވުރެ ގިނަ ފަރާތުން 39 ކެޓަގަރީއަށް ނޮމިނޭޓްވެފައިވެ އެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑްތައް ހިމެނެ އެވެ.

މި އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު މަހު ސްރީލަންކާގަ އެވެ. މި އެވޯޑުގައި ރާއްޖޭގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް (އަޓާ) އެވެ. މި އެވޯޑު އިންތިޒާމު ކުރަނީ ދިވެހި ކުންފުންޏެއް ހައިރައިޒް އިންނެވެ.

ސަޓާއިން ވަނީ މި އަންނަ އަހަރު މި އެވޯޑު ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.