ރާއްޖެ ކުޅިވަރު

"އެންމެ ފުރަތަމަ ލާއޯސް މެޗް، އާ ޕްލޭނާ މެދު ވިސްނާނީ އެއަށް ފަހު"

ރާއްޖެއަށް މިހާރު އެންމެ މުހިންމީ އޭޝިއަން ކަޕް ކޮލިފައިން ބުރުން ޖާގަ ހޯދުމަށް އަންނަ މަހު ލާއޯސްއާ ދެކޮޅަށް ކުޅޭ ދެ މެޗް ކަމަށައި ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގުގެ ޕްލޭންއާ މެދު ވިސްނާނީ އެއަށްފަހު ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗް އޮސްޓްރޭލިއާގެ ޑާރެން ސްތެވާޓް ބުނެފިއެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް މެޗްގައި އޮންނާނީ އަންނަ މަހު ހަ ވަނަ ދުވަހު ރާއްޖޭގައެވެ. ދެ ވަނަ ލެގް މެޗް އޮކްޓޫބަރު މަހު 11 ވަނަ ދުވަހު އޮންނާނީ ލާއޯސްގައެވެ.

"އަހަންނަށް އެންގޭ. އެއީ ރާއްޖެއަށް ކިހާ މުހިންމު މެޗެއްކަން. ކުރިމަގުގެ ޕްލޭން އަކާ މެދު ވިސްނުމުގެ ކުރިން އަހަރެންގެ ހުރިހާ ސަމަލު ކަމެއް ހުރީ މި ދމެޗަށް" ދިވެހި ނޫސްވެރިން ނާއެކު ބޭއްވި ފުރަތަމަ ނޫސް ކޮންފަރެންސްގައި އޭނާގެ ޕްލޭން އާ މެދު ސުވާލު ކުރުމުން ސްޓެވާޓް ބުންޏެވެ.

ލާއޯސް މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ތީމުގެ ޕްރެކްޓިސް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހުއެވެ. އަދި މިއަންނަ މަހުގެ އެއް ވަނަ ދުވަހު ބަންގުލަދޭޝްއާ ދެކޯލަށް ރާއްޖެއިން ރަހުމަތްތެރިކަމުގެ މެޗެއް ކުޅޭނެއެވެ. ބެލޭވޭ ގޮތުގައި ލާއޯސް މެޗަށް ތައްޔާރުވާން އޭނާއށް ލިބޭނެީ ހަފުތާއެއް ޕްރެކްޓިސް ޝެޝަންތަކެވެ.

ނަމަވެސް ސްޓެވާޓް ބުނީ "ޕްރެކްޓިސް ސެޝަންތައް ކާމިޔާބު ކަމާއެކު ގެންދެވިއްޖެނަމަ ލާއޯސް މެޗަށް ތައްޔާރުވުމަށް ކުޑަ ދުވަސް ކޮޅެއް ލިބުމަކީ މައްސަލައެއް ނޫން" ކަމަށެވެ.

ގައުމީ ސްކޮޑް އެކުލުމުގައި ހަމައެކަނި ނަންތަކަކށް ނުބަލާނެ ކަމަށާއި، އަދި ލައޯސް މެޗަށް ތީމު އެކުލަވަލުމުގައި އެފްއޭއެމްގެ ޓެކްނިކަލް ޓީމުގެ އހީތެރިކަން ހޯދާނެ ކަމަށެވެ.