ރާއްޖެ ކުޅިވަރު

ހއ ގެ ޗެމްޕިއަންކަން ކެލާއަށް، ހދ ގެ ޗެމްޕިއަންކަން ހަނިމާދޫއަށް

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި ހއ އަތޮޅުގެ ޗެމްޕިއަން ކެލާ ހޯދިއިރު، ކުޅުދުއްފުށި ކޮޅަށް 9 ލަނޑު ޖަހައި ހދ އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއިން ހޯދައިފިއެވެ.

ކުޅުދުއްފުށީގެ ޒޯން އެކެއް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުމު މެޗްގައި، ހަނީމާދޫ ޓީމުގެ ނުވަ ލަނޑުގެ ތެރެއިން ފަސް ލަނޑު ކަމީޔަބު ކުރީ މެޗްގެ ދެ ވަނަ ހާފުގައެވެ.

މުބާރާތް ފެށުނީންސުރެ ކުޅުދުއްފުށީ ސަޕޯޓަރުންގެ ފަރާތުން ވަނީ އާދަޔާ ހިލާފު ސަޕޯޓެއް ފެނިފައެވެ. ތަފާތު ބޮޑު ނަތިޖާއަކުން ފައިނަލުން ބަލިވި ނަމަވެސް ކުޅުއްދުފުށީގެ އެތައް ސަތޭކަ ސަޕޯޓަރުންނެއް ވަނީ މެޗް ނިމެންދެންވެސް މެދުކެނޑުމެއް ނެތި ޓީމަށް ސަޕޯޓްކޮށްފައެވެ.

ހއ އަތޮޅުގެ ޗެމްޕިއަންކަން ކެލާ ހޯދީ ދިއްދޫއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗް 1-1 ގެ ނަތީޖާއަކުން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެން 4-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ހަނިމަދޫ އާއި ކެލާ ޗެމްޕިއަންކަން ހޯދުމުން އެދެޓީމު ވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ. ޒޯން ބުރުގެ ފުރަތަމަ ލެގް މެޗް އަންނަ ހުކުރު ދުވަހު ކެލާގައި ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ ލެގް މެޗް ކުޅޭނީ ހަނިމާދޫ ގައެވެ.