ދުނިޔެ

ސައުތު ސޫދާންގެ ސްކޫލަކުން 89 ދަރިވަރުން ވަގަށް ނަގައިފި

Feb 22, 2015

ސައުތު ސޫދާންގެ ސްކޫލެއްގައި އިމްތިހާނެއް ކުރިއަށް ދަނިކޮށް ހަނގުރާމަވެރިންގެ ބަޔަކު އެތަނަށް ވަދެ 89 ދަރިވަރަކު ވަރަށް ނަގައިފި އެވެ.

ޔުނިސެފުން ބުނީ ވަގަށް ނަގާފައިވާ ކުދިންގެ ތެރޭގައި ހިމެނެނީ 12 އަހަރުން މަތީގެ ފިރިހެން ކުދިން ކަމަށެވެ. ހަމަނުޖެހުންތަކާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރިކަން ހޯދަމުން އަންނަ ސަރަހައްދެއްގައި ހުރި ސްކޫލަކުން މި ކުދިންތަށް ވަގަށް ނެގުމަށް ފަހު ހަނގުރާމަވެރިން ވަނީ ގޭގެއަށް ވަދެ ފާސް ކޮށްފަ އެވެ.

މި ކުދިން ވަގަށް ނަގާފައި ވަނީ ހަނގުރާމަވެރިންގެ ތެރެއަށް ވެއްދުމަށް ކަމަށް ވަނީ ބެލެވިފަ އެވެ.

ސޫދާންގައި ހަރަކާތްތެރިވާ ޔުނިސެފްގެ މަންދޫބު ޖޮނަތަން ވެއިޗް ވިދާޅުވީ ކުދިން ވަގަށް ނެގި މީހުންގެ އެ އަމަލަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފް އަމަލެއް ކަމަށެވެ.

"ހަނގުރާމާގައި ކުޑަކުދިން ބޭނުންކުުރުމަކީ އާއިލާތަކާއި މުޖުތަމައުތައް ހަލާކުވެގެންދާ ކަމެއް،" ޖޮނަތަން ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ކުދިންގެ އާއިލާތަކާއި ކިޔެވުން ވެސް ގެއްލިގެންދާ ކަމަށެވެ.

ސައުތު ސޫދާނަކީ އެންމެ ފަހުން ގައުމެއްގެ ގޮތުގައި ހަމަޖެއްސި، އެންމެ ހަގު ގައުމަށް ވާއިރު އެ ގައުމުގެ ދާހިލީ ހަމަނުޖެހުންތައް ވަރަށް ބޮޑެވެ. މިހާރުވެސް 1.5 މިލިއަން މީހުން ވަނީ ހަމަނުޖެހުންތަކުގެ ސަބަބުން މަގުމަތިވެފަ އެވެ. -- ސީއެންއެން