ހައްޖުގެ އަޅުކަން

އޭކްރޯގެ ހައްޖުވެރިންގެ ގިނަ ކަންކަން ހަމަނުޖެހޭ؟!

0%
0%
0%
  • ހަމަޖެހުނީ އަޅުކަމުގެ ކަންކަން
  • އެކޮމަޑޭޝަނާއި އެއާލައިން ހަމަނުޖެހޭ
  • ކެއުމުގެ ކަންކަން ހަމަނުޖެހޭ
މިދިޔަ އަހަރު ރާއްޖެއިން ހައްޖަށް ދިޔަ ބައެއް. -- އަވަސް ފޮޓޯ: އަހުމަދު ޝުރާއު

އެކްރޯ ހައްޖު އެންޑް އުމްރާ ސާވިސްގެ ހަވާލުގައި ހައްޖަށްދާ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ގިނަ ކަންތައްތަކެއް އެ ކުންފުންޏަށް ފޯރުކޮށް ދެވެން ނެތް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކްރޯއިން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން އެ ކުންފުނިން އިސްލާމިކް މިނިސްޓްރީއަށް ހުށަހެޅި ހައްޖު ޕްރޮޕޯސަލްގައިވާ ކަންކައްތަކުގެ ތެރެއިން ކޮށްދެވޭނީ ހައްޖުގެ އަޅުކަމާބެހޭ ހުރިހާ ކެމެކެވެ. ނަމަވެސް މިނާ އެކޮމޮޑޭޝަނާއި މައްކާ އެކޮމޮޑޭޝަނާއި އެއާލައިން ހަމަޖެއްސުމާއި ހައްޖު ދަތުރުގެ ކެއުމުގެ ކަންކަން ޕްރޮޕޯސަލްގައިވާ ގޮތަށް ހަމަޖައްސައިދެވެން ނެތް ވާހަކަ އެ އިއުލާނުގައި ބުނެފައި ވެއެވެ.

އިއުލާނުގައިވާ ގޮތުން އެގޮތަށް ކަންތައް ދިމާވީ، އެންމެފަހު ވަގުތުގައި އިތުރު ކޯޓާ ލިބުމާއެކު ޑޮލަރު ގަންނަން ނުލިބުމާއި ބޭންކް އޮފް މޯލްޑިވްސްގައި ހުރި އެ ކުންފުނީގެ ޑޮލަރު ވެސް އެ ބޭންކުން ދޫނުކުރުމުގެ ސަބަބުން ކުރަންޖެހޭ ހަރަދުތައް ކުރާނެ ފައިސާ ނެތިގެނެވެ. އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ހައްޖަށް މީހުން ގެންދެވޭނެ އަދަދު ޔަގީންވެ ކަށަވަރު ނުވުމުގެ ސަބަބުން ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

މިކަމާ ގުޅިގެން ކަންކަން ސާފު ކުރުމަށް އަވަސް އިން އެ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ހުސެއިން މުހައްމަދަށް ގުޅި އެވެ. ނަމަވެސް ފޯނުން ޖަވާބު ދެއްވާފައި ނުވާއިރު އެސްއެމްއެސްއަށް ވެސް ޖަވާބެއް ނުދައްވަ އެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ، ހައްޖުވެރިންނަށް ބުރައެއް ކުރިމަތިވާނަމަ އެކަމެއް ހައްލު ކުރުމަށް އެ މިނިސްޓްރީން މަސައްކަތްކުރާނެ ކަމަށެވެ. އަވަސް އަށް އެނގިފައިވާ ގޮތުގައި އޭކްރޯއާއެކު މިނިސްޓްރީން މިއަދު ވަނީ މަޝްވަރާތަކެއް ބާއްވަން ވެސް ހަމަޖައްސާފަ އެވެ.

މިއަހަރު މީހުން ހައްޖަށް ގެންދަން 200 ކޯޓާ ދީފައިވާ އެކްރޯ ގުރޫޕުން މީހުން ހައްޖަށް ފޮނުވައިދިނުމަށް ތިން އަގެއް ހުށަހަޅި އެވެ. އެއީ އިކޮނޮމިކް ޕެކޭޖަށް 69،975 ރުފިޔާ އާއި ބިޒްނަސް ޕެކޭޖަށް 74،975 ރުފިޔާ އެވެ. އަދި ވީއައިޕީ ޕެކޭޖަށް 79،975 ރުފިޔާ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910