ރާއްޖެ ކުޅިވަރު

ހޯމް މިނިސްޓްރީން ވެސް ވީއޭއެމްގެ އިންތިހާބު ބާތިލް ކޮށްފި

މިއަހަރު މާރިޗް މަހު 17 ވަނަ ދުވަހު ބޭއްވި ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ގެ އިންތިހާބު ހޯމް މިނިސްޓްރީން ވެސް ބާތިލްކޮށްފި އެވެ.

ހޯމް މިނިސްޓްރީން ވަނީ އިންތިހާބު ބަތިލްކޮށް މިއަދުން ފެށިގެން 30 ދުވަސް ތެރޭގައި އަލުން އިންތިހާބު ބޭއްވުމަށް އަންގާފަ އެވެ. ހޯމް މިނިސްޓރީން ބުނީ ވީއޭއެމްގެ އިންތިހަބު ބާތިލު ކުރީ ވީއޭއެމްގެ އަސާސީ ގަވައިދުގެ 11 ވަނަ މައްދާއާ ހިލާފްވުމުން ކަމަށެވެ.

މިއަދު އިންތިހާބު ބާތިލު ކުރިއިރު، މިދިޔަ ހަފުތާގައި އަވަސްއާ ވާހަކަ ދައްކަމުން ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު އަދި ޖަމްއިއްޔާތަކުގެ ރަޖިސްޓާ ޔޫސްފް އަބްދުލް ގަފޫރު (ޔޫސޭ) ވިދާޅުވީ ވީއޭއެމްގެ އިންތިހާބާ ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައެއް ހޯމް މިނިސްޓްރީގެ ލީގަލް ޑިޕާޓްމެންޓުން ބަލަމުންދާތީ އިންތިހާބު ކުރި ހިންގާ ކޮމިޓީ ރަޖިސްޓްރީ ކޮށް ނުދޭ ކަމަށެވެ.

މިމަހު އަށް ވަނަ ދުވަހު ސްޕޯޓްސް ކޮމިޝަނަރ އަހްމަދު ނަޝީދު (ޑޭވް) ވެސް ވަނީ ވީއޭއެމްގެ އިންތިހާބު ބާތިލުކަމަށް ކަނޑައަޅައި 30 ދުވަސް ތެރޭ އިންތިހާބު ބޭއްވުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފަ އެވެ.

އެކަމާ ގުޅިގެން ވީއޭއެމްއިން ސްޕޯޓްސް ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން ޔޫތު މިނިސްޓްރީން ވަނީ ބަންޑާރަނައިބުގެ ލަފައެއް ލިބެންދެން، ސްޕޯޓްސް ކޮމިޝަނަރުން އެންގިއެންގުން މަޑު ޖައްސާލުމަށް އޮލިމްޕިކް ކޮމިޓީއަށް އަންގާފައެވެ.