ފިނިޕޭޖް

ކޯލްޑްޕްލޭ އިން ދެން ނެރޭނީ އެމީހުންގެ އެންމެ ފަހު އަލްބަމް

Dec 9, 2014

ކޯލްޑްޕްލޭގެ ފޭނެއް ނަމަ ދެރަވާނެކަން ޔަގީނެވެ. އެމީހުން ބުނަނީ މިހާރު ރިކޯޑްކުރަމުން އަންނަ އަލްބަމް "އަ ހެޑް ފުލް އޮފް ޑްރީމްސް" ވެގެންދާނީ ބޭންޑްގެ އެންމެ ފަހު އަލްބަމަށް ކަމަށެވެ.

ބޭންޑްގެ ފްރޮންޓްމޭން، ކްރިސް މާޓިން މި ޚަބަރު ދިންއިރު އެމީހުން ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާނުކުރި 2015 ވަނަ އަހަރުގެ ގްރެމީ ނޮމިނޭޝަންސް ލިސްޓްގައި ވެސް ހިމެނިފަ އެވެ. ކޯލްޑްޕްލޭ އިން އެންމެފަހުން ނެރުނު "ގޯސްޓް ސްޓޯރީސް" އަލްބަމަކީ "ބެސްޓް ޕޮޕް ވޯކަލް" އަލްބަމަށް ވާދަކުރާ މަސައްކަތެކެވެ.

އެހެންވީމަ މި ވަރުގެ ކާމިޔާބު ބޭންޑަކުން މިހާ ކާމިޔާބު ދުވަސްވަރެއްގައި އެމީހުންގެ އެންމެ ފަހު އަލްބަމަށް ތައްޔާރުވަނީ ކީއްވެ ހެއްޔެވެ؟

ބީބީސީ ރޭޑިއޯ ވަން އަށް ދިން އިންޓަވިއުއެއްގައި މާޓިން ބުނެފައި ވަނީ އެމީހުން ކުޅޭ މިއުޒިކް މިހާރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެއީ ރަނގަޅު ވާހަކަ އެކެވެ.

އެންމެފަހުން ނެރުނު "ގޯސްޓް ސްޓޯރީސް" އަކީ ކޯލްޑްޕްލޭގެ ރަން ޒަމާނުގެ އަޑުތަކާ މުޅިން ތަފާތު ކަމެކެވެ. ފަހަރެއްގައި ކޯލްޑްޕްލޭގެ އާ އަލްބަމެއް ކުރިއަށް އޮތް އަލްބަމަށް ފަހު ދެން ނުނެރޭނީ މި ސަބަބާ ހެދި އެވެ.

"މިއީ އަހަރެމެންގެ ހަތް ވަނަ އަލްބަމް. އަދި އަހަރެމެންނަށް މި އަލްބަމްގެ މަސައްކަތް ފެންނަ ގޮތުން ހީވަނީ މިއީ ހެރީ ޕޮޓާ ސިލްސިލާގެ އެންމެ ފަހު ވާހަކަ ހެން ނުވަތަ އެކަހަލަ ކަމެއް ހެން،" ބީބީސީ ވަން އަށް ދިން އިންޓަވިއުގައި މާޓިން ބުނެފައިވެ އެވެ.

ކޯލްޑްޕްލޭގެ އަލަތު އަލްބަމް ނެރުނީ 2000 ވަނަ އަހަރު އެވެ. އެއީ އެހުންތެރިންގެ ހިތްތަކުން އެމީހުންނަށް އިސާހިތަކު ޖާގަ ހޯދައިދިން "ޕެރަޝޫޓްސް" އެވެ.

މި ބޭންޑްގެ އެންމެ މަޝްހޫރު ލަވަ އަކީ "ޔެލޯ" އެވެ.