ދުނިޔެ

އަފުގާންގެ ކުންދުޒް ސިޓީ އިން ތޯލިބާނުންގެ ބާރު ނައްތާލައިފި

Aug 22, 2016

އަފުގާނިސްތާންގެ ކުންދުޒް ސިޓީގައި ތޯލިބާނުންގެ ބަރުގެ ދަށުންގައި ހާން އާބާދު އަވަށް އަފުގާނިސްތާން ސިފައިން އަތުލައިގެންފިއެވެ.

އެ ސަރަހައްދުން ތޯލިބާނުން ބޭރުކޮށްލުމުން ކުންދުޒް ސިތީ ވަނީ ތޯލިބާނުންގެ "ނުރައްކަލުން" ސަލާމަތްވެފައެވެ.

ހާން އާބާދު އަވަށަކީ ކުންދުޒު ސިޓީ އިރުމަތިން 30 ކިލޯމީޓަރު ދުރުގައި އޮންނަ އެ ޕްރޮވިންސްގެ ވެރިކަން ކުރާ ސަރަހައްދެވެ. މިދިޔަ އަހަރު ތޯލިބާނުންގެ ބާރުގެ ދަށަށް ހާން އާބަދު ދިޔުމުން އެއީ މިވޭތުވެދިޔަ 14 އަހަރުތެރޭ ތޯލިބާނުންނަށް މިފަހުން ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.

އެ އަވަށުގެ ބާރު އަފުގާނިސްތާން ސިފައިން ހޯދީ އެއަވަށުގެ މެދުތެރޭގައި އެމީހުންނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރުމަށްފަހުއެވެ.

ކުންދުޒްގެ ގަވަރުނަރުގެ ތަރަޖަމާން ސައްޔިދު މަހްމޫދު ދާނިސް ވިދަޅުވީ ގިނަ ގަޑިއިރުތަކެއް ވަންދެން ހަނގުރާމަ ކުރުމަށްފަހު ސަރުކާރުގެ އަސްކަރިއްޔާއަށް އެ އަވަށުގެ ކޮންޓްރޯލް ހޯދުނީ ހޮނިހިރު ދުވަހުގެ ހަވީރު ކަމަށެވެ.

"ތޯލިބާނުން މިހާރު ވަނީ ފިލައިގެން ގޮސްފަ. ކުންދުޒް ސިޓީއަށް އޮތް ނުރައްކާ ވަނީ ފިލައިގެންގޮސްފަ. އަފްގާން ސަރުކާރުގެ އިހްތިސޯސް އެ އަވަށުގައި ވަނީ ފުޅާކޮށްފަ" އަފުގާންގެ އިންޓީރިއާ މިނިސްޓްރީގެ ސްޕޯކްޕާސަން ސެދިގް ސިއްދީގީ ވިދާޅުވިއެވެ.

ހާން އާބަދުގެ ވިޔަފާރިވެރިޔަކު ބުނީ "އަދިވެސް ތޯލީބާނުން ނާންނާނެ ކަމުގެ ޔަގީން ކަމެއް ނެތް" ކަމަށެވެ. މަގުތައް ވަނީ ފަޅުވެފަ. ސިޓީގައި ހުޅުވާފައި ހުރީ މަދު ފިހާރަތަކެއް. ކާނާ އާއި ބޯފެން ހޯދަން ނިކުތުމުގެ ހިތްވަރެއް އާންމުންގެ ކިބަޔަކު ނެތް. އަަހަރެމެންނަށް އަދިވެސް ބިރުން ގެއިން ނިކުންނާކަށް ނުކެރޭ" އޭއެފްޕީއާ ވާހަކަ ދައްކަމުން ވިޔަފާރިވެރިޔާ ބުންޏެވެ.

ތޯލިބާނުން ކްންދުޒް ސީޓީ ހިފީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެއީ އަފުގާނިސްތާންގައި ތޯލިބާނުންނާ ދެކޮލަށް ކުރަމުންދާ ހަނގުރާމައިގައި މިދިޔަ 14 އަހަރު ތެރޭ ތޯލިބާނުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ.