ރާއްޖެ ކުޅިވަރު

މަގޭ ނަން ނުޖަހާތި

Aug 22, 2016
1

ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމާ ދެކޮޅަށް މިހާރުގެ ގައުމީ ޓީމު ކުޅޭ މެޗަށް އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ރޮބާޓޯ ފަބިއަން އަޔާލާ، ކުޅުމަށް މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.

އެފްއޭއެމްއިން ބުނެފައިވަނީ އެ މެޗަށް އައުމަށް އެފްއޭއެމް އިން ދިން ދައުވަތު އަޔާލާ ވަނީ ގަބޫލުކޮށްފައި ކަމަށެވެ.

ދެހާސް އަށް ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗް އޮންނާނީ މިމަހު 30 ވަނަ ދުވަހު ގަލޮޅު ދަނޑުގަ އެވެ.

މިހާރު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވާ އަޔާލާ ވަނީ އާޖެންޓީނާގެ ކެޕްޓަންގެ ގޮތުގައި 43 މެޗް ކުޅެފަ އެވެ.

ކުލަބު ލެވަލުގައި ސްޕެއިންގެ ވެލެންސިއާ އަށާއި ޒަރަގޯޒާގެ އިތުރުން އިޓަލީގެ އޭސީ މިލާން އާއި ނަޕޯލީއަށް ކުޅެފައިވާ އަޔާލާ ވަނީ 1994 ން 2007 ވަނަ އަހަރާ ހަމަޔަށް ކުލެފައެވެ. އަދި އޭނާއަކީ 2004 ވަނަ އަހަރު އެތެންސް އޮލިމްޕިކް ފުޓްބޯޅަ މުބާރަތް ކާމިޔާބު ކޮށްދިނުމުގައި އަޔާލާ ވަނީ އާޖެންޓީނާގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.