ހަބަރު

ރޭގެ މުޒާހަރާއިން 10 މީހަކު ހައްޔަރުކޮށް ދެ މީހަކު ދޫކޮށްލައިފި

Feb 23, 2015

އެމްޑީޕީއާއި ޖޭޕީ ގުޅިގެން ފަށާފައިވާ ސިލްސިލާ މުޒާހަރާތަކުގެ ރޭގެ މުޒާހަރާގައި 10 މީހަކު ހައްޔަރުކޮށް ދެ މީހަކު ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ ރޭ 10 މީހަކު ހައްޔަރުކޮށްފައި ވަނީ މުޒާހަރާ ކުރަމުންދިޔައިރު އެ ސަރަހައްދު ބަލަހައްޓަމުންދިޔަ ފުލުހުންނަށް ހުރަސް އަޅައި އަމުރަށް ނުކިޔަމަންތެރިވުމުން ކަމަށާއި އޭގެ ތެރޭގައި ހިމެނުނުނު 18 އަހަރު ނުވާ ކުޑަކުއްޖަކާއި އަންހެނަކަށް ނަސޭހަތް ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށެވެ.

ޖޭޕީއާއި އެމްޑީޕީން މާލޭގައި ރޭގަނޑުގެ ސިލްސިލާ މުޒާހަރާތަކެއް ފަށާފައި ވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމުގެ ނަމުގަ އެވެ. ނަމަވެސް ރޭ މުޒާހަރާގައި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ގޮވާލުމުގެ ބަދަލުގައި ގޮވާލާފައި ވަނީ އިއްޔެ ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމަށެވެ.