ޑރ. މުހައްމަދު ޝަފީގު

ކުރީގެ ފިނޭންސް މިނިސްޓަރު ޝަފީގު އެޗްޑީއެފްސީގެ ބޯޑަށް

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު -- ފޮޓޯ: ފިނޭންސް މިނިސްޓްރީ
0%
0%
0%

ކުރީގެ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ބޯޑަށް އައްޔަން ކުރައްވައިފި އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ވެބްސައިޓް ދައްކާ ގޮތުގައި ޝަފީގު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ޝަފީގު ވަނީ އެޗްޑީއެފްސީގައި މީގެ ކުރިންވެސް މަސައްކަތް ކުރައްވާފަ އެވެ.

އެގޮތުން ފިނޭންސް މިނިސްޓަރަކަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޗްޑީއެފްސީގެ ފައިނޭންސްގެ ހެޑްގެ މަގާމުގަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ފިނޭންސް މިނިސްޓަރު ޝަފީގު މަގާމުން އިސްތިއުފާ ދެއްވީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910