އޭސިއަން ޑިވެލޮޕްމެންޓް ބޭންކް

އޭޑީބީގެ މިޝަނެއް ރާއްޖޭގައި ގާއިމުކުރަން މަޝްވަރާކޮށްފި

0%
0%
0%

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ރެޒިޑެންޓް މިޝަނެއް ރާއްޖޭގައި ގާއިމުކުރަން މަޝްވަރާކުރައްވައިފި އެވެ.

މިމަޝްވަރާތައް ކުރިއަށް ގެންދިޔައީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އޭޑީބީގެ އެގްޒެކެޓިވް ޑިރެކްޓަރު ޑރ. ޖަސްޓިން ޑިއޯކްނޯ އާއި ރާއްޖޭގެ ފިނޭންސް މިނިސްޓަރު ޑރ، މުހައްމަދު ޝަފީގު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝަފީގު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތާއި ރާއްޖެއިން ގެންނަ ފިސްކަލް ރިފޯމުތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ޑރ. ޖަސްޓިން ރާއްޖެއަށް ކުރައްވާ ތިން ދުވަހުގެ މިދަތުރުގައި އޭނާ ވަނީ ރާއްޖޭގެ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާ ވެސް ބައްދަލުކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި މިނިސްޓަރު މުއްތަލިބް ވަނީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް އަދި ވަކިން ހާއްސަކޮށް އިމާރާތްކުރުމުގެ ދާއިރާއާ ގުޅޭ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާކުރައްވާފަ އެވެ.

ރާއްޖޭގެ ތަރައްގީގައި މުހިއްމު ހިއްސާއެއްވަމުންދާ އޭޑީބީގެ މެންބަރުކަން ރާއްޖެއަށް ލިބުނީ 1978 ވަނަ އަހަރު އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910