ބޮލީވުޑް

އެންމެ އަގުބޮޑު އެކްޓްރެސްއިންގެ ލިސްޓުގެ 10 ވަނައިގައި ދިޕިކާ

Aug 24, 2016

ޖެހިޖެހިގެން ގިނަ ކާމިޔާބު ފިލްމުތަކެއް ކުޅުމަށްފަހު ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާއިންގެ ލިސްޓުގެ ކުރީގައި ދިޕިކާ ޕަދުކޯން ހިމެނިގެން ގޮސްފައިވާއިރު، ފުރަތަމަ އަށް ކުޅުނު ހޮލީވުޑް ފިލްމު، "ޓްރިޕަލް އެކްސް: ދަ ރިޓާން އޮފް ޒެންޑާ ކޭޖް" އާއެކު އޭނާގެ މަގުބޫލުކަން މުޅި ދުނިޔޭގައި ވަނީ އެތައް ގުނައަކަށް ބޮޑުވެގެން ގޮސްފަ އެވެ.

"ޓްރިޕަލް އެކްސް" ގެ ޝޫޓިން ދިޕިކާ ނިންމާލުމަށްފަހު އެނބުރި އިންޑިއާއަށް އައުމުން އޭނާ އަށް ގިނަ ފިލްމުތަކަކުން ފުރުސަތުތައް ލިބިގެން ގޮސްފައިވާއިރު ދެން ކުޅެން ސޮއިކުރި ފިލްމު "ޕަދްމާވްތީ" ކުޅެން އޭނާ ސޮއިކޮށްފައިވަނީ 12. ކްރޯޑަށެވެ. މިއީ މިހާތަނަށް ބޮލީވުޑްގެ ބަތަލާއަކު މިހާ ބޮޑު އަގެއްގައި ފިލްމެއް ކުޅެން ސޮއިކުރި ފުރަތަމަ ފަހަރެވެ.

މިހާރު ބޮލީވުޑްގައި ހުރި އެންމެ އަގުބޮޑު ބަތަލާއަށް ދިޕިކާވެގެން ގޮސްފައިވާއިރު، މިހާ ހިސާބުން ނިމުނީކީއެއް ނޫނެވެ. އޭނާ މިވަނީ ފޯބްސް މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ އަގުބޮޑު ބަތަލާއިންގެ ތެރެއިން ފާއިތުވި އެއް އަހަރުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު 10 ބަތަލާއިންގެ ތެރޭގައިވެސް ހިމެނިގެން ގޮސްފަ އެވެ.

ދިޕިކާ އަކީ މިހާތަނަށް މިލިސްޓަށް އެރި ބޮލީވުޑްގެ ފުރަތަމަ ބަތަލާ އެވެ. އަދި ދިޕިކާ އަކީ މިލިސްޓުގައި މުޅިންއާ ތަރިއެއްގެ ގޮތުގައިވެސް ވެސް މިއަހަރު ހިމެނުނު ހަމައެކަނި ބަތަލާ އެވެ.

މިދިޔަ އަހަރުގެ ޖޫން އެއްވަނަ ދުވަހުން މިއަހަރުގެ ޖޫން އެކަކަށް އެކުލަވާލާފައިވާ މިލިސްޓުގައި އަހަރު ދުވަހުގެ ތެރޭގައި 10 މިލިއަން ޑޮލަރު ލިބިގެން ދިޕިކާ ހިމެނިގެން ގޮސްފައިވަނީ މިލިސްޓުގެ 10 ވަނައިގަ އެވެ.

މިއަހަރު 46 މިލިއަން ޑޮލަރު ލިބިގެން މިލިސްޓުގެ އެއްވަނަ ލިބިގެން ގޮސްފައިވަނީ "ހަންގާ ގޭމްސް" ގެ ބަތަލާ ޖެނިފާ ލޯރެންސް އަށެވެ. މިއީ އޭނާ އަށް މިލިސްޓުގެ އެއްވަނަ ލިބުނު ޖެހިޖެހިގެން ދެވަނަ އަހަރަށްވީއިރު، މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ އަށް ވުރެން މިއަހަރު ލިބުނު އާމްދަނީ ވަނީ 11.5 ޕަސެންޓް ދަށްވެފަ އެވެ.

މިލިސްޓުގެ ދެވަނަ މެލިސާ މެކްކާތީ އަށް ލިބިފައިވާއިރު، އޭނާ އަށް ވަނީ މިއަހަރު އާމްދަނީގެ ގޮތުގައި ވަނީ 33 މިލިއަން ޑޮލަރު ލިބިފަ އެވެ، މިއީ މެލިސާ އަށް މިއަހަރު އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީ އަށް ވުރެން 10 މިލިއަން ޑޮލަރު ބޮޑު އަދަދެކެވެ.

ފަންސަވީސް މިލިއަން ޑޮލަރު މިއަހަރު ލިބިގެން ލިސްޓުގެ ތިންވަނަ ސްކާލެޓް ޖޯހޭންސަން އަށް ލިބިފައިވާއިރު، މިއީ 2015 ވަނަ އަހަރު އޭނާ އަށް ލިބުނު އާމްދަނީއާ އަޅަބަލާއިރު 30 އިންސައްތަ ދަށް އަދަދެކެވެ.

މިލިސްޓުގައި ގަދަ ދިހައެއްގައި ހިމެނުނު އެހެން ބަތަލާއިން:

4. ޖެނިފާ އެނިސްޓަން - 21 މިލިއަން ޑޮލަރު
5. ފޭން ބިންގްބިންގް - 17 މިލިއަން ޑޮލަރު
6. ޗާލީޒް ތެރަން - 16.5 މިލިއަން ޑޮލަރު
7. އެމީ އެޑަމްސް - 13.5 މިލިއަން ޑޮލަރު
8. ޖޫލިއާ ރޮބާޓްސް - 12 މިލިއަން ޑޮލަރު
9. މިލާ ކޫނިސް - 11 މިލިއަން ޑޮލަރު
10. ދީޕިކާ ޕަދުކޯން - ދިޕިކާ ޕަދުކޯން