ހަބަރު

ލައިލާ ދޫނިދޫއަށް ވަޑައިގެން ނަޝީދުއާ ބައްދަލު ކުރައްވައިފި

Feb 23, 2015
2

ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލު ކުރައްވަން އަނބިކަނބަލުން ލައިލާ އަލީ މިއަދު ދޫނިދޫއަށް ވަޑައިގެންފގި އެވެ.

އެކަމަނާ ދޫނިދޫއަށް ވަޑައިގެންފައި ވަނީ މިއަދު ހެނދުނު އެވެ. އެކަމަނާގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވީ އަބްދުﷲ ވެސް ވަޑައިގެންނެވި އެވެ. އެކަމަނާ، ފިރިކަލުން ރައީސް ނަޝީދާ ބައްދަލު ކުރެއްވި އިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ރޭގައި ވަނީ އެމަނިކުފާނާ ބައްދަލުކޮށްފައެވެ.

ރައީސް މުހައްމަދު ނަޝީދު ހައްޔަރުކޮށްފައި ވަނީ އިއްޔެ އެވެ. އެމަނިކުފާނު ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ޓެރަރިޒަމްގެ ދައުވާ އުފުލައި އެ މައްސަލަ މިއަދަށް ތާވަލް ކުރުމަށްފަހު އެވެ.